Advertisement

ރެއާލާ ކުޅެންޖެހުމުން ގާޑިއޯލާގެ މޫނުމަތިން އުފާވެރިކަމެއް ނުފެނުނު

16 މާރިޗު 2024 - 11:52 0


ރެއާލާ ކުޅެންޖެހުމުން ގާޑިއޯލާގެ މޫނުމަތިން އުފާވެރިކަމެއް ނުފެނުނު

16 މާރިޗު 2024 - 11:52 0

މެންޗެސްޓާ (މާޗް 16) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ރެއާލް މެޑްރިޑާ ކުޅެން ޖެހުމުން އެކަމާ މެދު މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ނުރުހުންތަކެއް ހުރި މޭރުމަކުން ވާހަކަ ދައްކައިފި އެވެ.

ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުގައި ރެއާލާއި ސިޓީން މިދިޔަ ދެ އަހަަރު ވެސް ބައްދަލުކޮށްފައިވެ އެވެ. އެ މިދިޔަ ދެ ސީޒަނުގައި މި ދެ ޓީމު ބައްދަލުކުރީ ސެމީ ފައިނަލުގަ އެވެ. ރެއާލުން، 2021/2022 ވަނަ އަހަރުގެ ސީޒަނުގައި ސިޓީ އަތުން މޮޅުވި އެވެ. އެކަމަކު، މިދިޔަ ސީޒަނުގައި ރެއާލް ބަލިކޮށް، ސިޓީން ވަނީ ފައިނަލް މެޗުގައި ވެސް ކާމިޔާބު ހޯދައި ޗެމްޕިއަންސް ލީގުގެ ތަށި ފުރަތަމަ ފަހަރަށް އުފުލާލައިފަ އެވެ.

އިއްޔެ ނިމުނު ޗެމްޕިއަންސް ލީގުގެ ގުރުއަތުލުމަށް ފަހު، ސިޓީގެ ކޯޗު ގާޑިއޯލާ ބުނީ، ރެއާލާއި ސިޓީ ބައްދަލުކުރަން ޖެހުމުގެ ސަގާފަތެއް ޗެމްޕިއަންސް ލީގުގައި އަށަގަންނަމުން އަންނަ ކަމަށެވެ.

"ނެތް އަހަރެމެންނަށް އިތުރު ގޮތެއް (ރެއާލާ ކުޅެން ޖެހޭނީ). މި ކަންކަން މި ވަނީ ސަގާފަަތަކަށް، މިއީ މިހާރު ޖެހިޖެހިގެން ތިން ވަނަ ފަހަރު،" ގާޑިއޯލާ ބުންޏެވެ.

"ރެއާލަކީ މި މުބާރާތުގެ ރަސްގެފާނު، އަހަރެމެންގެ އުންމީދަކީ، ރަނގަޅު ފޯމެއްގައި ހުރެ މި މެޗާ ހަމައަށް ދިއުން،"

ގާޑިއޯލާ ބުނީ ކޮންމެ ފަހަރެއްގެ ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުގެ ފަހު ހިސާބުތަކުގައި ކުޅުމަކީ ރެއާލަަށް ފަސޭހަވާނެ ކަމަށް ވިޔަސް، ސިޓީ އަށް އަދި މި ކަންކަން ކޮންމެ ވެސް ވަރަކަށް އާ ވާނެ ކަމަށެވެ. އެކަމަކު، މިއީ ދެ މެޗެއްގެ މައްޗަށް އެކުލެވޭ ކުރިމަތިލުމަކަށްވާއިރު، ސިޓީން ނުކުންނާނީ ވިސްނުންތެރިކަމާ އެކު، ޕްލޭނެއް ހަދައިގެން ކަަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.