Advertisement

ރަޝިއާ އިންތިހާބު: ވޯޓުލާ މަރުކަޒުތަކަށް ގެއްލުންދޭ މީހުން ހައްޔަރުކުރަނީ

16 މާރިޗު 2024 - 12:32 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރަޝިއާގެ ރިޔާސީ އިންތިހާބުގައި ވޯޓުފޮށްޓަށް މީހަކު ގެއްލުންދެނީ -- ފޮޓޯ: ރޮއިޓާސް


ރަޝިއާ އިންތިހާބު: ވޯޓުލާ މަރުކަޒުތަކަށް ގެއްލުންދޭ މީހުން ހައްޔަރުކުރަނީ

16 މާރިޗު 2024 - 12:32 0

ރަޝިއާގައި މިހާރު ކުރިޔަށްދާ ރިޔާސީ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކަށް ގެއްލުންދޭ މީހުން ހައްޔަރު ކުރަން ފަށައިފި އެވެ.

ރަޝިއާގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން އިއްޔެ ފަށާފައިވާއިރު، ބައެއް ވޯޓުފޮށިތައް ރޯކޮށްލާ އަދި ވޯޓު ފޮށިތަކުގެ ތެރެއަށް ކުލަ އެޅުންފަދަ ކަންކަން ދަނީ ކުރަމުންނެވެ.

ވޯޓުލާ މަރުކަޒުތަކަށް ގެއްލުން ދޭން ފެށުމާއެކު، ރަޝިއާގެ ސަލާމަތީ ބާރުތަކުން ވަނީ އެ ސަރަހައްދުތަކުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ކޮށްފަ އެވެ.

ރަޝިއާގެ އިންތިހާބުގައި ވޯޓުލުން ތިން ދުވަހަށް ދެމިގެންދާއިރު، ފުރަތަމަ ދުވަހު މޮސްކޯގައި ވޯޓު ލާން ނިކުތް މީހުންގެ އަދަދު 23 ޕަސަންޓަށް އަރާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މިފަހަރުގެ އިންތިހާބުގައި ރަޝިއާގެ މިހާރުގެ ރައީސް ލެޑިމިއާ ޕުޓިންއާ ވާދަކުރައްވާނެ ވަރުގަދަ ކެންޑިޑޭޓަކު އިންތިހާބަށް ކުރިމަތި ނުލައްވަ އެވެ.