Advertisement

ބަޔާން އެއްވެސް ސަޕޯޓަރަކަށް އާސެނަލް ދަނޑަށް ނުވަދެވޭނެ

16 މާރިޗު 2024 - 07:39 0


ބަޔާން އެއްވެސް ސަޕޯޓަރަކަށް އާސެނަލް ދަނޑަށް ނުވަދެވޭނެ

16 މާރިޗު 2024 - 07:39 0

މިއުނިކް (މާޗް 16) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި އާސެނަލް ދަނޑުގައި ކުޅޭ ފުރަތަމަ ލެގުގެ މެޗަށް ބަޔާން މިއުނިކް އެއްވެސް ސަޕޯޓަރަކަށް ނުވަދެވޭނެ ކަމަށް ޔުއެފާ އިން ނިންމައިފި އެވެ.

ޖަރުމަނުގެ ޗެމްޕިއަން ބަޔާން އަށް، ޔުއެފާ އިން ދީފައިވާ ސަސްޕެންޝަނެއްގެ ސަބަބުން އާސެނަލް ދަނޑުގައި ކުޅޭ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގަށް އެއްވެސް ސަޕޯޓަރަކު ނުވަދެވޭއިރު، އެ މެޗުގައި ސްޕޮންސަރުންނަށާއި ވީއައިޕީންނަށް ދޭ ޓިކެޓް ފިޔަވައި، މުޅި ދަނޑު އެއްކޮށް ފުރާލާނީ އާސެނަލް ސަޕޯޓަރުން ވަދެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ބަޔާނަށް ޔުއެފާ އިން ފިޔަވަޅު އެޅީ، އެންމެ ފަހުން ލާޒިއޯއާ ދެކޮޅަށް ކުޅުނު މެޗުގައި، ދަނޑަށް އަލިފާން ބޯޅަ އުކާފައިވާތީ އެވެ. އެއީ، މީގެ ކުރިން ވެސް ބަޔާން އިން އެ ފަދަ ކަމެއް ކޮށްފައިވާތީ، ޔުއެފާ އިން އަންގާފައި އޮތީ، އެކަން ތަކުރާރުކޮށްފިނަަމަ، ބަޔާނުން އެންމެ އަވަހަށް ރަށުންބޭރުގައި ކުޅޭ މެޗު ކުޅެން ޖެހޭނީ ސަޕޯޓަރުން ނުވައްދައި ކަމަށެވެ. އެ މެޗާ މި ދިމާވީ ކުއާޓާގައި އާސެނަލާ ކުޅެން އޮތް ކުރިމަތިލުމަށެވެ.

މީގެ ކުރިން، ކޯޕެންހާގެންއާ ކުޅުނު މެޗުގައި ބަޔާނުން ދަނޑަށް އަލިފާން ބޯޅަ އުކި މައްސަލައިގައި ވަނީ 40،000 ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ. މި ފަހަރު އެކަން ތަކުރާރުކުރުމުން ދިނީ ސަސްޕެންޝަނެކެވެ.

މި ސަސްޕެންޝަން އެޕީލްކުރަން ބަޔާނުން ބޭނުމެއް ނުވެ އެވެ. ބަޔާންގެ ސީއީއޯ ޖޭން ކްރިސްޓިއަން ޑްރީސެން ވިދާޅުވީ، މި އަދަބު ބަލައިގަނެ، މީގެއިން އިބުރަތް ހާސިލްކުރާ ކަމަށެވެ.

އެންމެ ފަހުން ބަޔާނުން އާސެނަލާ ކުޅުނު ތިން މެޗުން ވެސް މޮޅުވީ 5-1 އިންނެވެ.

މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް މެޗުތައް އޮތީ، 9 އާއި 17 އޭޕްރީލްގަ އެވެ.