Advertisement

ބެން ވައިޓް އާސެނަލާ އެކު އިތުރު އަހަރުތަކަކާ ދިމާލަށް

14 މާރިޗު 2024 - 18:03 0


ބެން ވައިޓް އާސެނަލާ އެކު އިތުރު އަހަރުތަކަކާ ދިމާލަށް

14 މާރިޗު 2024 - 18:03 0

ލަންޑަން (މާޗް 14) - އިނގިރޭސި ޕްރިމިއާ ލީގުގެ އާސެނަލަށް ކުޅެމުން އަންނަ ޑިފެންޑަރު، ބެން ވައިޓް އެ ޓީމާއެކު ހަދާފައިވާ އެއްބަސްވުން 2028 އާ ހަމައަށް އާކޮށްފި އެވެ.

ބެން ވައިޓް, 26, އާސެނަލާއި ގުޅުނީ 2021 ވަނަ އަހަރު 50 މިލިއަން ޑޮލަރުގެ އަގަކަށެވެ. އޭގެ ފަހުން އާސެނަލްގެ ކޯޗު މިކޭލް އާޓެޓާގެ ޕްލޭންގައި ވައިޓް އަކީ މުހިންމު ކުޅުންތެރިއެކެވެ.

އާޓެޓާ އަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ވައިޓް ފުލް ބެކެއްގެ ގޮތުގައިވެސް ބޭނުން ކުރެވުމެވެ.

ބްރައިޓަން ދޫކޮށް 2021 ވަނަ އަހަރު އާސެނަލަށް ބަދަލުވި ވައިޓް ވަނީ މިހާތަނަށް އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލަށް ކުޅެދިން 97 މެޗުގައި ހަތަރު ގޯލު ޖަހައިފަ އެވެ.

ބެން ވައިޓް އެއްބަސްވުން އާކުރުމާ އެކު އާސެނަލްގެ ކޯޗު އާޓެޓާ ބުނީ މިއީ އާސެނަލާއި ވައިޓް އަށް ވެސް ހާއްސަ ދުވަހެއް ކަމަށެވެ. އަދި ވައިޓް އަކީ އާސެނަލްގައި ކުރިމަގު އޮތް ކުޅުންތެރިއެއް ކަމަށް އާޓެޓާ ބުނެފައިވެ އެވެ.

ވައިޓް އަކީ އާސެނަލްގެ ސަޕޯޓަރުން ލޯބި ލިބިފައިވާ ކުޅުންތެރި އެއް ކަމަށެވެ.

އިނގިރޭސި ޕްރިމިއާ ލީގު ތާވަލުގެ އެއް ވަނައިގައި އާސެނަލް އޮތް އިރު, އެ ޓީމުން ވަނީ އަހަރުތަކަކަށް ފަހު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ވެސް ޖާގަ ހޯދާފަ އެވެ.