Advertisement

ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ ހަތް ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

14 މާރިޗު 2024 - 19:11 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ ހަތް ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

14 މާރިޗު 2024 - 19:11 0

ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ ހަތް ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އިމިގްރޭޝަނުން ބުނީ މިދިޔަ ހޮނިހިރު ދުވަހު ގަވައިދާ ހިލާފަށް ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދިޔަ ބިދޭސީންނަށް އަމާޒުކޮށް ހާއްސަ އޮޕަރޭޝަނެއް ހިންގައި ހަތް ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށެވެ.

މި އެންމެންނަކީވެސް ފުޅާ ދާއިރާއެއްގައި ގަވައިދާ ހިލާފަށް ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުން އަންނަ ބިދޭސީންކަން ފާހަގަކޮށް އިމިގްރޭޝަނުން ބުނީ އޭގެ ތެރޭގައި ސައްހަ ވިސާއެއް ނެތި ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންނާއި، ދޫކޮށްފައިވާ ހުއްދައިގެ ބޭރުން މަސައްކަތްކުރާ ބިދޭސީން ހިމެނޭ ކަމަށެވެ.

އިމިގްރޭޝަނުން ބުނީ މ. ސްޓާކްލައުޑްސް އިމާރާތުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑޮލަރު އޭޓީއެމް ކައިރީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން، ކަޅު ބާޒާރުގައި ޑޮލަރު ގަނެ ވިއްކާކަން ފާހަގަކުރެވިފައިވާ ކަމަށާއި، އޮޕަރޭޝަން ކުރިޔަށް ގެންދިޔައީ އެ މީހުން ދެނެގަތުމަށްފަހު ކަމަށެވެ.

މި އޮޕަރޭޝަން ހިންގާފައި ވަނީ އިމިގްރޭޝަންގެ ރިސްކު އިންޓެލިޖެންސް އެންޑް ލީގަލް އެފެއާޒް އަދި އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޒަނުން ގުޅިގެން ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

އިމިގްރޭޝަނުން އަންނަނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް އޮޕަރޭޝަންތައް ހިންގައި، ބައެއް ބިދޭސީން ފާހަގަކޮށް މިހާތަނަށް ފުރުވާވެސްލާފަ އެވެ.