Advertisement

ޑޮލަރުގެ ތާށިކަން ހައްލުކުރަން ދަނީ މަސައްކަތް ކުރަމުން: ފަޒުލް

5 ފެބުރުވަރީ 2024 - 06:59 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ހުޅުމާލޭގައި އެމްއައިބީގެ ޑޮލަރު އޭޓީއެމް ހުޅުވުމުގެ ހަފުލާގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލު ވާހަކަ ދައްކަވަނީ. -- ފޮޓޯ: އަދަދު


ޑޮލަރުގެ ތާށިކަން ހައްލުކުރަން ދަނީ މަސައްކަތް ކުރަމުން: ފަޒުލް

5 ފެބުރުވަރީ 2024 - 06:59 0

ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ ތާށިކަން އިންތިހާއަށް އެބައޮތް ކަމަށާއި އެކަން ހައްލުކުރަން ކަމާ ގުޅޭ މުއައްސަސާތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް، ސަރުކާރުގެ އެންމެ ބޮޑު އެއް ކުންފުނި، ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި މޯލްޑިވްސް އިސްލާމިކް ބޭންކުގެ ޑޮލަރު އޭޓީއެމް ހުޅުވުމަށް އިއްޔެ ބޭއްވި ހަފުލާގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ވެސް ކުރިން ކުރެއްވި ފަޒުލް ވިދާޅުވީ ޑޮލަރުގެ ދަތިކަން ހައްލު ކުރުމަށް ކުންފުނިތަކާއި، ބޭންކްތަކުގެ އިތުރުން އެމްއެމްއޭއާ ގުޅިގެން މަސައްކަތް ކުރަމުން ކަމަށެވެ.

"ޑޮލަރުގެ ދަތިކަން ހައްލުކުރަން މަސައްކަތްކުރަމުން އަންނަކަން އެނގޭތީ އަޅުގަނޑު މި ދަންނަވާލަނީ. ބޭންކްތަކުން ޑޮލަރު ލިބެން ހުރި މިންވަރަކުން، ޑޮލަރު ދެވެން އޮތް މިންވަރަކުން އަދި އެ ބޭފުޅުންގެ އެކައުންޓުގައި ލިމިޓް ކަނޑައަޅާ މިންވަރަކުން [ޑޮލަރުގެ] ހިދުމަތް ދިނުމަކީ މުހިންމު ކަމެއް،" އޭނާ ވިދާޅުވި އެވެ.

ފަޒުލް ވިދާޅުވީ ރާއްޖެއިން ބޭރުން ކިޔަވާ ދަރިވަރުންނާއި، ރާއްޖޭގައި މަސައްކަތް ކުރާ ދިވެހިންގެ އިތުރުން ފަތުރުވެރިންނާއި ބިދޭސީންނަށް ވެސް ޑޮލަރު ލިބުމުގެ ފުރުސަތު ފަހިވެގެން ދިޔުމަކީ މުހިންމު ކަމެއް ކަމަށެވެ.

ބޭރުގައި ކިޔަވާ ކުދިންގެ ބީއެމްއެލް އެކައުންޓުން ނެގޭ އަދަދު 1200 ޑޮލަރަށް ބޮޑުކުރަން ނިންމި ނިންމުން، ޑޮލަރު ތާށިކަމާ ހުރެ ތަންފީޒުނުކުރެވޭނެ ކަމަށް މިދިޔަ ބުދަ ދުވަހު ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ފިނޭންސުން ބުނީ، އެ ސިޔާސަތު ތަންފީޒުކުރެވޭނެ ނިޒާމެއް އެކުލަވާލަން ބޭންކާއި އެމްއެމްއޭ އާއި ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ބޭންކަށް ޑޮލަރު ތާށިވެގެން އުޅެނީ ރަސްމީ ނިޒާމުގެ ތެރެއިން ބޭންކުން މާރުކުރާ ޑޮލަރުގެ އަދަދު ދަށްވުމުންނެވެ.