Advertisement

ކަނޑާއި ވައިގެ މަގުން މުދާ ގެންގޮސްދިނުމުގެ ހިދުމަތް އެމްޕީއެލް އިން ފަށަނީ

14 މާރިޗު 2024 - 12:12 0

އެމްޕީއެލްގެ ބަނދަރަށް ގެނެސްފައި ހުރި ކޮންޓެއިނަރުތަކެއް: ސްޓޭންޑަޑް 20 ފޫޓުގެ ކޮންޓެއިނަރަކަށް 654 ޑޮލަރު ނަގާނެ -- ފޮޓޯ: އަދަދު ފައިލް


ކަނޑާއި ވައިގެ މަގުން މުދާ ގެންގޮސްދިނުމުގެ ހިދުމަތް އެމްޕީއެލް އިން ފަށަނީ

14 މާރިޗު 2024 - 12:12 0

ކަނޑާއި ވައިގެ މަގުން އެއް ތަނުން އަނެއް ތަނަށް މުދާ ގެންގޮސްދިނުމުގެ ހިދުމަތެއް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން މާދަމާ ފަށާނެ އެވެ.

"ސީ ޓު އެއާ ކާގޯ ޓްރާންސްޝިޕްމެންޓް" ބޭނުން ކުރާ ފަރާތްތަކުގެ މުދާ ކަނޑުގެ މަގުން ގެނެސް ވައިގެ މަގުން ޓްރާންސްޕޯޓްކޮށްދޭނެ އެވެ. އަދި ކަނޑު މަގުން ގެނެއުމަށްފަހު ވެސް ވައިގެ މަގުން މުދާތައް ޓްރާންސްޕޯޓްކޮށްދޭނެ އެވެ.

"ސީ ޓު އެއާ ކާގޯ ހިދުމަތަކީ ވައިގެ މަގާއި ކަނޑު މަގު ބޭނުންކޮށްގެން، މުދާ އެއްތަނުން އަނެއް ތަނަށް ފޯރުކޮށްދިނުމަށް ތައާރަފު ކުރާ ފަސޭހަ އަދި އަވަސް ހިދުމަތެއް. އަދި މި ހައިބްރިޑް މޮޑެލްގެ ސަބަބުން މި ސަރަހައްދުގެ ވިޔަފާރިތަކާއި ސިނާއަތްތަކުގެ ބޭނުންތައް ފުއްދައިދީ، މުދާ އުފުލުމުގެ ހިދުމަތް އަވަސް އަދި ހަރުދަނާ ގޮތެއްގައި ބެލެހެއްޓިގެން ދާނެ،" އެމްޕީއެލްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އެމްޕީއެލްއިން ވަނީ ސީ ޓު އެއާ ކާގޯ ޓްރާންސްޝިޕްމެންޓް ބޭނުންކުރާ ފަރާތްތަކަށް ޓެރިފް ވެސް ކަނޑައަޅައިފަ އެވެ. އެގޮތުން އެ ހިދުމަތް ބޭނުން ކުރާ ފަރާތްތަކަށް 20 ފޫޓުގެ ކޮންޓެއިނަރަކަށް 654 ޑޮލަރު ނަގާނެ އެވެ. އަދި 40 ފޫޓުގެ ކޮންޓެއިނަރަކަށް 812 ޑޮލަރު ނަގާނެ ކަމަށް ވެސް އެމްޕީއެލް އިން ބުނެ އެވެ.