އަންނަ އަހަރު އޭއައި އިންސާނުންނަށްވުރެ ކުޅަދާނަވާނެ: މަސްކު

14 މާރިޗު 2024 - 03:22 1

ލީވާން އަލީ ނާސިރު

ލ


އަންނަ އަހަރު އޭއައި އިންސާނުންނަށްވުރެ ކުޅަދާނަވާނެ: މަސްކު

14 މާރިޗު 2024 - 03:22 1

އަންނަ އަހަރު އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އިންސާނީ ވަކި ފަރުދަކަށް ވުރެ ކުޅަދާނަވާނެ ކަމަށް ބިލިނިއަރު އީލޯން މަސްކު ބުނެފި އެވެ.

މަސްކު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ އޭއައި އަންނަ އަހަރު ވަކި ފަރުދަކަށް ވުރެ ކުޅަދާނަވާނެ ކަމަށާއި، އަދި 2029 ވަނަ އަހަރުގެ ނިޔަލަށް އޭއައި ހުރިހާ އިންސާނުންނަށްވުރެ ވެސް ކުޅަދާނެވާނެ ކަމަށެވެ.

ޗެޓްޖީބީޓީ އުފެއްދި އޯޕެން އޭއައި އިން މައިކްރޮސޮފްޓާއެކު ހަދާފައިވާ އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ބުނެ، މަސްކު ވަނީ އޯޕެން އޭއައިއާ ދެކޮޅަށް ދައުވާވެސް ކޮށްފަ އެވެ.

މިކަމާ ގުޅިގެން އޯޕެން އޭއައި އިން ވަނީ މަސްކުގެ ތުހުމަތުތައް ދޮގުކޮށް، އެއްވެސް އެއްބަސްވުމެއް ހަދާފައި ނޯންނާނެ ކަމަށް ބުނެފަ އެވެ. އަދި އޯޕެން އޭއައި އިން ވަނީ ލޯޔަރުންތަކެއް އައްޔަނުކޮށް، މަސްކުއާ ދެކޮޅަށް މައްސަލަ ކުރިޔަށް ގެންދިޔުމަށް ނިންމައިފަ އެވެ.

އޯޕެން އޭއައި އިން ތުހުމަތުކުރާ ގޮތުގައި އޭއައިއަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުން އަންނާތީ މަސްކު ބޭނުންވަނީ އޭގެ ހުރިހާ ކްރެޑިޓެއް އޭނާ ނަގުމަށެވެ.

0.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


ހރގނޑ2023

about 1 year ago

ލާހިކެއްނޫން.. މަށާ ކުރިމަތިލައިފިއްޔާ، ބިމާލައި ޖަހާނަން.. ހަމަ ބިމަށް ތިރި ކުރާނަން..