Advertisement

ރެކޯޑް މޮޅަކާއެކު އަލް ހިލާލް ސެމީ ފައިނަލަށް

13 މާރިޗު 2024 - 11:20 0


ރެކޯޑް މޮޅަކާއެކު އަލް ހިލާލް ސެމީ ފައިނަލަށް

13 މާރިޗު 2024 - 11:20 0

ރިޔާދު (މާޗު 13) - އޭއެފްސީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި ރޭ އަލް އިއްތިހާދު އަތުން 2-0 އިން މޮޅުވެ އަލް ހިލާލް ސެމީ ފައިނަލުން ޖާގަ ހޯދިއިރު، މި މޮޅާއެކު އެ ޓީމަށް ވަނީ ދުނިޔޭގެ ރެކޯޑެއް ވެސް ލިބިފައެވެ.

ރަށުން ބޭރުގައި ރޭ ސައުދީ އަަރަބިއްޔާގެ އިއްތިހާދު އަތުން ސައުދީގެ އެންމެ ކާމިޔާބު ކްލަބު ކަމަށްވާ އަލް ހިލާލް ރޭ މޮޅުވިއިރު، މިއީ އަލް ހިލާލް ޖެހިޖެހިގެން މޮޅުވި 28 ވަނަ މެޗެވެ. މިއީ ދުނިޔޭގެ ފުޓްބޯޅައިގެ ރެކޯޑެެކެވެ.

ޤައުމެއްގެ ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގައި ޖެހިޖެހިގެން އެންމެ ގިނަ މެޗުން މޮޅުވުމުގެ ރެކޯޑް ކުރިން އޮތީ ނިއު ޒިލޭންޑްގެ ނިއު ސެއިންޓްްސް އަތުގައެވެ. އެ ޓީމުން ވަނީ 2016 ވަނަ އަހަަރު ޖެހިޖެހިގެން 27 މެޗުން މޮޅުވެފައެވެ.

ސައުދީ ޕްރޯ ލީގުގެ އެއްވަނައިގައި އޮތް އަލް ހިލާލް އިން ވަނީ އެ ލީގުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު ޑަމަކް އަތުން އެއްވަރުވި މެޗަށް ފަހު ކުޅުނު ހުރިިހާ މެޗަކުން މޮޅުވެފައެވެ.

ޗެމްޕިއަންސް ލީގުގެ ތަށި ހަތަރު ފަހަރު ހޯދާފައިވާ އަލް ހިލާލް އިން ސެމީ ޖާގައެއް ހޯދީ 4-0ގެ އެގްރިގޭޓް ނަތީޖާއަކުން އެ ޓީމާ ވާދަވެރި އަލް އިއްތިހާދު ބަލިކުރުމަށްފަހުއެވެ. ރަށުން ބޭޜުގައި ރޭ އިއްތިހާދު އަތުން ހިލާލް މޮޅުވިއިރު، އެ ޓީމަށް ލަނޑު ޖަހައިދިނީ ޔާސެރް އަލް ޝަހްރާނީ އަދި މެލްކޮމްއެވެ. -- އޭއެފްޕީ