Advertisement

އުރީދޫއިން ކަސްޓަމަރުންނަށް ހަދިޔާފޮއްޓާއި އިތުރު އޮފާތައް

11 މާރިޗު 2024 - 12:50 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރޯދަ މަހާ ގުޅޭ ޕްރޮމޯޝަންތަކާ ގުޅޭ މައުލޫމާތު ދިނުމަށް އުރީދޫއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: އުރީދޫ


އުރީދޫއިން ކަސްޓަމަރުންނަށް ހަދިޔާފޮއްޓާއި އިތުރު އޮފާތައް

11 މާރިޗު 2024 - 12:50 0

އުރީދޫ މޯލްޑިވްސްއިން ރޯދަ މަހާ ގުޅުވައިގެން މި އަހަރުވެސް ހަދިޔާ ފޮށީގެ އިތުރުން އެހެން ޕްރޮމޯޝަންތަކާއި ހަރަކާތްތަކެއް ރާވާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އުރީދޫއިން ކުރިޔަށްގެންދާ ޕްރޮމޯޝަންތަކާއި ފުރުސަތުތުތަކުގެ ތެރޭގައި ހިމެނެނީ:

ހަދިޔާފޮށި: މިދިޔަ އަހަރު ތައާރަފު ކުރެވުނު ހަދިޔާފޮށިން އުރީދޫ ސުޕައެޕް މެދުވެރިކޮށް އެތައް އިނާމުތަކެއް ލިބުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދެ އެވެ. މީގެ ތެރޭގައި ޑެއިލީ އަދި ވީކްލީ ހަދިޔާ ހިމެނެ އެވެ. ހަދިޔާ ތަކުގެ ތެރޭގައި ބޯނަސް ޑޭޓާ، ގިފްޓް ވައުޗާ، މޮބައިލް ފޯނު، ޕީއެސް 5 އަދި އެޕަލް ވިޝަން ޕްރޯ ހިމެނެ އެވެ.

ރޯދަ ހަދިޔާ: 500ރ. އިން މަތީ ޑޭޓާ ޕެކް ނެގުމުން 60 ޕަސަންޓާ ހަމައަށް ބޯނަސް ޑޭޓާ ލިބިގެންދާނެ އެވެ. އަދި ޕޯސްޓްޕެއިޑް އާއި ޕްރީޕެއިޑު ކަސްޓަމަރުންނަށް ވެސް މި އޮފާގައި ބައިވެވޭނެ އެވެ.

ގިފްޓް އަ ޕެކް: ރޯދަ މަހު ފެށި މި އޮފާގައި އެއް ކަސްޓަމަރުގެ ފަރާތުން އަނެއް ކަސްޓަމަރަށް ޑޭޓާ ޕެކް ހަދިޔާ ކުރެވޭނެ އެވެ.

ސުޕަނެޓު އެކްޓިވޭޓް އެންޑް ވިން: އަލަށް ސުޕާނެޓު ނަންގަވާ ފަރާތްތަކުގެ މެދުގައި ކޮންމެ ހަފްތާއަކު ނެގޭ ގުރުއަތަކުން ހޮވޭފަރާތަކަށް ހާއްސަ އިނާމެއް ލިބޭނެ އެވެ. ކޮންމެ ހަފްތާއަކު ގްރޭޓާ މާލެ އޭރިއާ، ސެންޓްރަލް، ނޯތު އަދި ސައުތު ރީޖަންއިން ނަސީބުވެރިން ހޮވާނެ އެވެ.

ޕްރޭޔާ އެލާޓް: އެކްޓިވޭޓް ކުރުމުން ނަމާދު ވަގުތުގެ 15 މިނިޓު ކުރިން އެލާޓެއް ފޯނަށް ލިބޭނެ އެވެ. މި ހިދުމަތަށް އިތުރު އަގެއް ނުނަގާނެ އެވެ.

ފިތުރު ޒަކާތް: އެމް-ފައިސާ މެދުވެރިކޮށް ފަސޭހަކަމާއެކު ކޮންމެ ތަނެއްގައި ހުރެގެންވެސް ފިތުރު ޒަކާތް ދެއްކުމުގެ ފުރުސަތު ލިބެ އެވެ.

މީގެ އިތުރަށް އުރީދޫއިން މި ރޯދަމަހު ތައާރަފު ކުރި ސީއެސްއާރު ޕްރޮގްރާމް "އިސްރަށްވެހިންނާއި އެކު" ޕްރޮގުރާމުގެ އެކި ހަރަކާތްތަށް މުޅި އަހަރަށް ބަހާލެވިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ރޯދަ މަހު އިތުރަށް ކުރުމަށް ރާވާފައި ކަންތައްތައް:

އިސްރަށްވެހިންނާއެކު ރޯދަވީއްލުން: ޒުވާނުންނާއި އިސްރަށްވެހިންނާއެކު ރޯދަ ވިއްލައި ހިޔާލު ބަދަލު ކޮށްލެވޭނެ މާހައުލެއް ގާއިމު ކުރެވޭ ރޯދަވީއްލުމެއް ބާއްވާނެ އެވެ.

ރޯދަ ކުއިޒް: ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރިއަށްދާ ކުއިޒުގައި ބައިވެރިވެގެން ހޮވޭ ނަސީބުވެރި ފަރާތަކަށް ގިބްލަ ހައްޖު އެންޑު އުމްރާ ގުރޫޕް އާއި އުރީދޫ ގުޅިގެން އުމްރާ ދަތުރެއް ހަދިޔާ ކުރާނެ އެވެ.

އަތޮޅު ދުވުން: ލީޑާބޯޑުގެ އެއްވަނަ އަށް ދާ ފަރާތަކަށް ދެމީހުންގެ އުމްރާ ދަތުރެއް ގިބްލަ ހައްޖު އެންޑު އުމްރާ ގުރޫޕް އާއި އުރީދޫ ގުޅިގެން ހުށައަޅާފައިވެ އެވެ.