Advertisement

ބްރާހިމް ޑިއާޒް، ސްޕެއިން ދޫކޮށް މޮޮރޮކޯ އަށް ކުޅެން ނިންމައިފި

11 މާރިޗު 2024 - 05:34 0


ބްރާހިމް ޑިއާޒް، ސްޕެއިން ދޫކޮށް މޮޮރޮކޯ އަށް ކުޅެން ނިންމައިފި

11 މާރިޗު 2024 - 05:34 0

ކަސަބްލަންކާ، މޮރޮކޯ (މާޗް 11) - ސްޕެއިންގެ އުމުރުފުރާ ގައުމީ ޓީމުތަކަށް ކުޅެފައިވާ ވިންގް، ބްރާހިމް ޑިއާޒް، ސީނިއާ ލެވަލްގައި މޮރޮކޯ ގައުމީ ޓީމަށް ކުޅެން ނިންމައިފި އެވެ.

ރެއާލް މެޑްރިޑްގެ ތަރި، ޑިއާޒް، 24، ވަނީ ސްޕެއިނުގެ ތިން އުމުރުފުރާއެއްގެ ގައުމީ ޓީމަށް ކުޅުމަށް ފަހު، ސީނިއާ ޓީމަށް ވެސް މެޗެއް ކުޅެދިނެވެ. އެ ގޮތުން، 2021 ވަނަ އަހަރު، ކޮވިޑް-19އާ ހެދި ސްޕެއިނުގެ ކުޅުންތެރިން އައިސޮލޭޝަނަށް ދާން ޖެހުނު ވަގުތެއްގައި ކުޅެން ޖެހުނު، އެކުވެރިކަމުގެ މެޗެއްގައި ލިތުއޭނިއާއާ ދެކޮޅަށް ކުޅެ، ޑިއާޒް ވަނީ ގޯލު ވެސް ޖަހައިފަ އެވެ.

ސްޕެއިނުގެ މަލާގާ ސަރަހައްދުގައި އުފަންވިޔަސް، ޑިއާޒްގެ ބައްޕަ އަކީ މޮރޮކޯ ދަރިކޮޅެވެ. ޑިއާޒް، އަށް ސްޕެއިން ގައުމީ ޓީމަށް ކުޅެން ފުރުސަތު ފަހުން ނުލިބި އޮއްވައި މޮރޮކޯގެ ހުށަހެޅުން އައުމުން އޭނާ އެ ޓީމަށް ކުޅެން ފަށަން ނިންމީ އެވެ.

ފީފާ އަށް މޮރޮކޯގެ އެފްއޭ އިން ހުށަހަޅަން ޖެހޭ ލިޔުންތަކުގެ ކަންކަން ވަރަށް އަވަަަހަށް ފައިނަލް ކުރަން އެ ގައުމުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެއީ، މި މަހުގެ އިންޓަނޭޝަނަލް ބްރޭކުގެ ތެރޭގައި ޑިއާޒް އަށް ކުޅެވޭ ގޮތް ހެދުމަށެވެ.

މަލާގާ އާއި މެންޗެސްޓާ ސިޓީގައި ޔޫތު ކެރިއަރު ހޭދަކުރި ޑިއާޒް ވަނީ ސީނިއާ ލެވަލްގައި ވެސް މެންޗެސްޓާ ސިޓީ އަށް މަދުން ނަަމަވެސް މެޗުތަކެއްގައި ކުޅެފަ އެވެ. އޭނާ ރެއާލަށް ބަދަލުވީ، 2019 ވަނަ އަހަރު 17 މިލިއަން ޑޮލަރުގެ ޑީލެއްގަ އެވެ. ރެއާުލުން ގަވާއިދުން ކުޅުމުގެ ފުރުސަތު ނުދެވޭތީ ލޯން ޑީލެއްގައި، 2020 އިން ފެށިގެން 2023 ވަކި ހިސާބަކަށް ޑިއާޒް ކުޅުނީ، އިޓަލީގެ އޭސީ މިލާން އަށެވެ. ރެއާލް ޓީމު އެކުލަވާލުމުގެ ތެރެއިން އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ނިންމީ ޑިއާޒް ގެނައުމަށެވެ.