Advertisement

ޑްރަގު ޓްރެފިކިން ހުއްޓުވަން ކަނޑުގައި ދުއްވާ އުޅަނދުތައް ޓްރެކު ކުރަން ފަށަނީ

10 މާރިޗު 2024 - 20:31 0

މާލޭގެ ބަނދަރުގައި އަޅާފައިވާ އޮޑިތަކެއް. ކަނޑުމަތިން މަސްތުވާތަކެތި އަތުލައިގަންނަ މިންވަރު ފާއިތުވި އަހަރުތަކުގައި ވަރަށް ބޮޑަށް ވަނީ އިތުރުވެފައި --- ފޮޓޯ: އަދަދު ފައިލް


ޑްރަގު ޓްރެފިކިން ހުއްޓުވަން ކަނޑުގައި ދުއްވާ އުޅަނދުތައް ޓްރެކު ކުރަން ފަށަނީ

10 މާރިޗު 2024 - 20:31 0

މަސްތުވާތަކެތި ޓްރެފިކު ކުރުން ހުއްޓުވުމުގެ ގޮތުން ކަނޑުދަތުރުފަތުރު ކުރާ އުޅަނދުފަހަރު ޓްރެކް ކޮށް މޮނިޓަރު ކުރަން ފެށުމަށް ސަރުކާރުން ނިންމައިފި އެވެ.

މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި އެގޮތަށް ނިންމެވީ ވަޒީރުންގެ ލަފަޔާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. އެގޮތުން, ކަނޑުގައި ދުއްވާ ހުރިހާ ބާވަތެއްގެ އުޅަނދެއްގައި "ވެސެލްސް ޓްރެކިން ޑިވައިސް" ހަރުކޮށް މޮނިޓަރު ކުރަން ފަށާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

މި ގޮތަށް ނިންމުމަށް ވަޒީރުންގެ މަޖިލީހަށް ކަރުދާސް ހުށަހެޅީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީންނެވެ.

ވެސެލް ޓްރެކިން ޑިވައިސްއެއް ހަރުކޮށް މޮނިޓަރު ކުރުމަށް ނިންމާފައި ވަނީ މަސްތުވާތަކެތި ވިއްކުމާއި ޓްރެފިކް ކުރުމަކީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ކުރާ ވިޔަފާރިއަކަށް ވެފައި އަދި ފުލުހުންނަށް މިކަން ހުއްޓުވުމުގެ އޮޕަރޭޝަންތައް ހިންގުމަށް ފަސޭހަކުރުމަށްޓަކައި ކަމަށް ސަރުކާރުން ބުނެ އެވެ.

މި ޑިވައިސް ހަރުކުރުން ލާޒިމުކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާ ބެހޭ ގަވާއިދު ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

މި ޑިވައިސް ހަރުކުރާ އުޅަނދުތަކުގެ ހަރަކާތްތައް މޮނީޓަރު ކުރުމުގެ އިންތިޒާމު ދިވެހި ފުލުހުންގެ ހިދުމަތުގެ މެރިޓައިމް އޮޕަރޭޝަން ސެންޓަރާއި އެމްއެންޑީއެފްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ގައި ހަމަޖެއްސެމަށް ވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުގައި ވަނީ ނިންމާފަ އެވެ.