Advertisement

ރޯދައަށް ހާއްސަކޮށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދެ މާރުކޭޓު ހުޅުވައިފި

10 މާރިޗު 2024 - 20:35 0

ނިމާ ހަސަން

ނިމާ ހަސަން

ރޯދައާ ދިމާކޮށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުޅުވި ވަގުތީ ލޯކަލް މާރުކޭޓު -- ފޮޓޯ: އެޗްޑީސީ


ރޯދައަށް ހާއްސަކޮށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދެ މާރުކޭޓު ހުޅުވައިފި

10 މާރިޗު 2024 - 20:35 0

ރޯދަ މަހާ ދިމާކޮށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ލޯކަލް މާރުކޭޓަކާއި މަސް މާރުކޭޓެއް ހުޅުވައިފި އެވެ.

އެޗްޑީސީން ލޯކަލް މާރުކޭޓެއް ހުޅުވީ ހިޔާ ފްލެޓު ސަރަހައްދުގަ އެވެ. އަދި މަސް މާރުކޭޓެއް ހުޅުވީ ޑިންގީ ހާބަރު ސަރަހައްދުގަ އެވެ. އެއީ ފަރުމަސް ބާނާ ފަރާތްތަކަށް ހާއްސަކޮށް ހުޅުވި މަސް މާރުކޭޓެއް ކަމަށް އެޗްޑީސީން ބުނެ އެވެ.

ހިޔާ ސަރަހައްދުގައި ހުޅުވި ލޯކަލް މާރުކޭޓާ ބެހޭގޮތުން އެޗްޑީސީން ބުނީ އެ މާރުކޭޓުގެ ގޮޅިތައް މިހާރު ހަވާލުކޮށްފައިވާ ކަމަށާއި ރޯދަ މަހުން ފެށިގެން ދެ މަސް ދުވަހަށް މާރުކޭޓު ކުރިއަށް ދާނެ ކަމަށެވެ. އެ މާރުކޭޓުން ހިދުމަތް ދޭން ފަށަނީ މާދަމަ އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުޅުވި މަސް މާރުކޭޓު -- ފޮޓޯ: އެޗްޑީސީ


އެ މާރުކޭޓު ހުންނާނީ ހިޔާ ފްލެޓް 1, 2 އަދި ވިނަރެސް 9, 10 ހުންނަ ސަރަހައްދުގަ އެވެ. އެއީ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް މޭވާ އަދި ތަރުކާރީ އަދި އެހެނިހެން ބާވަތްތައް ފަސޭހަކަމާއިކު ލިބޭނެ ގޮތް ހަމަ ޖެއްސުމަށް ހުޅުވި މާރުކޭޓެއް ކަމަށް އެޗްޑީސީން ބުނެ އެވެ.