Advertisement

ވިއްސާރާގައި ގެއްލުން ލިބުނު ކްރިމިނަލް ކޯޓުގެ ސާވަރު ދެ މަސް ފަހުން ބޭނުންކުރަން ފަށައިފި

11 މާރިޗު 2024 - 10:38 0

ނިމާ ހަސަން

ނިމާ ހަސަން

ކްރިމިނަލް ކޯޓުގެ ބޭރުން ނަގާފައިވާ ފޮޓޯއެއް; ވިއްސާރާގައި ގެއްލުން ލިބުނު އެ ކޯޓުގެ ސާވަރު, ދެ މަސް ފަހުން ބޭނުން ކުރަން ފަށާފައިވޭ -- ފޮޓޯ: އަދަދު


ވިއްސާރާގައި ގެއްލުން ލިބުނު ކްރިމިނަލް ކޯޓުގެ ސާވަރު ދެ މަސް ފަހުން ބޭނުންކުރަން ފަށައިފި

11 މާރިޗު 2024 - 10:38 0

ވިއްސާރާގައި ގެއްލުން ލިބުނު ކްރިމިނަލް ކޯޓުގެ ސާވަރު ދެ މަސް ފަހުން ބޭނުންކުރަން ފަށައިފި އެވެ.

މިދިޔަ ޑިސެމްބަރު 31، ގައި މާލެއަށް ކުރި ވިއްސާރާގައި ކްރިމިނަލް ކޯޓުގެ ސާވާ ރޫމަށް ފެން ވަދެ, އެ ކޯޓުގެ ސާވަރަށް ގެއްލުން ލިބުނެވެ. އެއަށްފަހު އެ ކޯޓުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތްތައް ކުރިއަށް ގެންދިއުން މެދުކަނޑާލި އެވެ.

ސާވާ ބޭނުންކުރުން މެދުކަނޑާލިތާ 70 ދުވަސް ފަހުން މިއަދު އެ ކޯޓުގެ ގާޒީންގެ މަޖިލީހުން ވަނީ ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލީސްތަކާއި ޝަރީއަތުގެ އަޑުއެހުންތައް އާންމު އުސޫލަކުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ނިންމާފަ އެވެ. އަދި ޝަރީއަތްތައް އަޑުއެހުމަށް ބޭނުންވާ ނޫސްވެރިންނަށް ވެސް އޮންލައިންކޮށް ބައިވެރިވެވޭނެ އިންތިޒާމު ހަމަޖައްސާފައިވެ އެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އޮންލައިން ޝަރީއަތްތައް މާދަމައިން ފެށިގެން އަލުން ފަށަން ނިންމީ އެ ކޯޓުގެ ސާވާ ރައްކާތެރި މާހައުލަކަށް ބަދަލު ކުރެވިފައިވާތީ އެވެ.

ވިއްސާރަ މޫސުމުގައި ކޯޓުގެ އިމާރާތުގެ ތެރެއަށް ފެން ވަނުމުގެ ސަބަބުން ކޯޓުގެ ހިދުމަތްތަކަށް ދޭތެރެ ދޭތެރެއިން ބުރޫ އަރަ އެވެ.

ކްރިމިނަލް ކޯޓު މިހާރު ހިންގަމުން ދާ އިމާރާތުގައި ހިމެނޭ ހަތަރުބުރީގެ ބާ އިމާރާތް ބޭނުންކުރުން، މިދިޔަ އަހަރު ފެބްރުއަރީ މަހު ހުއްޓާލި އެވެ. އެ އިމާރާތް ބާވެ ބޭނުން ނުކުރެވޭ ވަރު ވެފައިވާ އިރު، މިހާރު ބޭނުންކުރާ އިމާރާތް ވެސް ހުރީ ވަރަށް ހާލު ދެރަކޮށެވެ.

މިއާ ގުޅިގެން ކޯޓުުގައި ޖާގައިގެ ދަތިކަން ބޮޑުވެ، މައްސަލަތަކުގެ އަޑުއެހުންތައް ނުބޭއްވޭތީ ކޯޓުގައި ހުރީ މައްސަލަތައް ފުނިޖެހިފަ އެވެ.