Advertisement

މިއީ ލީގު ކާމިޔާބުކުރާ ޓީމު ކަނޑައެޅޭނެ މެޗެއް ނޫން: ކްލޮޕް

10 މާރިޗު 2024 - 12:13 0


މިއީ ލީގު ކާމިޔާބުކުރާ ޓީމު ކަނޑައެޅޭނެ މެޗެއް ނޫން: ކްލޮޕް

10 މާރިޗު 2024 - 12:13 0

މެންޗެސްޓާ (މާޗް 10) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލާއި މެންޗެސްޓާ ސިޓީ ކުރިމަތިލާއިރު، މިއީ ލީގު ޗެމްޕިއަން ލިބޭ ޓީމު ކަނޑައެޅޭނެ މެޗެއް ނޫން ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

ލިވަޕޫލްގެ ދަނޑުގައި މިރޭ އެންމެ ފަހުގެ ޗެމްޕިއަން ސިޓީއާ އާއި ލިވަޕޫލް ކުރިމަތިލާއިރު، މެޗުން މޮޅުވާ ޓީމަކަށް ތާވަލްގެ އެއްވަނަ ލިބޭނެއެެވެ. ތާވަލްގެ އެއްވަނައިގައި މި ވަގުތު އޮތީ އާސެނަލްއެވެ.

މި މެޗަކީ ޗެމްޕިއަންކަން ލިބޭ ޓީމު ކަނޑައެޅޭ މެޗުގެ ގޮތުގައި ބައެއް ފަރާތްތަކުން ސިފަކުރި ނަމަވެސް، ކްލޮޕް ބުނީ ލީގު ޗެމްޕިއަންކަން ހޯދާ ޓީމެއް ކަނޑެޅުމަށް އަދި މާ އަވަސް ކަމަށެވެ.

"މިއީ ބޮޑު މެޗެއް. އެކަމަކު، މިއީ ލީގު ހޯދާނެ ޓީމު ކަނޑައަޅާ މެޗެއް ނޫން. ހުރިހާ ގޮތަކަށް ވިސްނާއިރު، މި މެޗުން މޮޅުވިޔަސް، ލީގު ހޯދަން އިތުރު މަސައްކަތްކުރަންޖެހޭނެ،" ކްލޮޕް ބުންޏެވެ.

އަމިއްލަ ދަނޑުގައި އެންމެ ފަހުން ސިޓީއާ ދެކޮޅަށް ލިވަޕޫލް ކުޅުނު 20 މެޗުގެ ތެރެއިން ލިވަޕޫލް ބަލިވީ އެންމެ މެޗަކުންނެވެ. އެކަމަކު ސިޓީއާ ދެކޮޅަށް އެންމެ ފަހުން ކުޅުނު 8 މެޗުގެ ތެރެއިން ލިވަޕޫލް މޮޅުވީ އެންމެ މެޗަކުންނެވެ.

ކްލޮޕް ބުނީ މިރޭގެ މެޗުގައި ލިވަޕޫލަށް އޮތް އެންމެ ބޮޑު އެޑްވާންޓޭޖަކީ އަމިއްލަ ދަނޑުގައި ކުޅުން ކަމަށެވެ.

ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ލީގު ހޯދުމަށް މަސައްކަތްކުރަމުންދާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ މި މެޗުން ކޮންމެ ނަތީޖާއެއް ނުކުތަސް، ލީގު ޗެމްޕިއަންކަން ހޯދުމުގެ ރޭހަށް މާ ބޮޑު ބަދަލެއް ނާންނާނެ ކަމަށެވެ.

"އަހަރަމެން ބަލާނީ އަމިއްލަ ޕާފޯމަންސްއަށް. ރަނގަޅަށް ކުޅެގެން މޮޅުވާން. އެހެން ނަތީޖައެއް ނިކުތަސް އަދި މެޗުތަކެއް އޮތްކަން ހަނދާންކުރަންޖެހޭ،" ގާޑިއޯލާ ބުންޏެވެ.

ލިވަޕޫލާއި ސިޓީ ކުޅޭ މެޗު ފަށާނީ މިރޭ 20:45 ގަ އެވެ.