Advertisement

ބީއެމްއެލްއިން މާލެއާއި އައްޑޫގައި ސާފުކުރުމުގެ ހަރަކާތްތަކެއް ބާއްވައިފި

10 މާރިޗު 2024 - 10:31 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ބީއެމްއެލްއިން މާލެއާއި އައްޑޫގައި ސާފުކުރުމުގެ ހަރަކާތްތަކެއް ކުރިޔަށް ގެންދިޔުން -- ފޮޓޯ: ބީއެމްއެލް


ބީއެމްއެލްއިން މާލެއާއި އައްޑޫގައި ސާފުކުރުމުގެ ހަރަކާތްތަކެއް ބާއްވައިފި

10 މާރިޗު 2024 - 10:31 0

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުން އިސްނަގައިގެން ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން މާލެއާއި އައްޑޫ ސިޓީގެ އެކި ސަރަހައްދުތަކުގައި ސާފުކުރުމުގެ ހަރަކާތެއް އިއްޔެ ބާއްވައިފި އެވެ.

ބީއެމްއެލްއިން ބުނީ މި ހަރަކާތުގެ ތެރެއިން އެއްގަމާއި ފަޅުތެރެ ހިމެނޭހެން ފަސް ސަރަހައްދެއް ސާފުކޮށް، މާލޭގެ މިސްކިތެއްގެ ބޭރުފާރުގައި ވަނީ ކުލަލާފައި ކަމަށެވެ. ސާފުކުރި ހުރިހާ ސަރަހައްދަކުން ހަތަރު ޓަނުގެ ކުނި ނަގާފައިވާއިރު، އޭގެ ތެރެއިން ފަސް ޖަންބޯ ބޭގުގެ ޕްލާސްޓިކް ވަނީ ރީސައިކަލް ކުރުމަށް ހަވާލުކޮށްފައި ކަމަށް ބީއެމްއެލްއިން ބުނެ އެވެ.

ބީއެމްއެލްއިން މާލެއާއި އައްޑޫގައި ސާފުކުރުމުގެ ހަރަކާތްތަކެއް ކުރިޔަށް ގެންދިޔުން -- ފޮޓޯ: ބީއެމްއެލް


މި ހަރަކާތުގައި މާލެއިން ބީއެމްއެލްގެ 200 އަށްވުރެ ގިނަ މުވައްޒަފުން ވަނީ ބައިވެރިވެފަ އެވެ. އަދި އައްޑޫ ސިޓީއިން ސާފުކުރުމުގެ ހަރަކާތުގައި ބީއެމްއެލް މުވައްޒަފުން ވަނީ ބައިވެރިވެފަ އެވެ.

ބީއެމްއެލްއިން ބުނީ މިއީ މާލެ ސިޓީ ކައުންސިލު، މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލައަންސް (މޯޕާ) އަދި ޑައިވް ޑެސްކްއާ ގުޅިގެން ހިންގުނު ހަރަކާތެއް ކަމަށެވެ.

މި ހަފްތާގެ ފެށުނުއިރު، ބ. އޭދަފުށި، ރ. މީދޫ، ފ. ނިލަންދޫ އަދި މ. މުލި މުވައްޒަފުންވަނީ މި ހަރަކާތުގެ ތެރެއިން ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން އެ ރަށްތަކުގައި ސާފުކުރުމުގެ ހަރަކާތެއް ވަނީ ހިންގާފައި ކަމަށް ބީއެމްއެލްއިން ބުނެ އެވެ.