Advertisement

އުރީދޫއިން ހިއްސާގެ ފައިދާ ގޮތުގައި 484 މިލިއަން ރުފިޔާ ބަހަން ނިންމައިފި

9 މާރިޗު 2024 - 17:54 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އުރީދޫގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ފޮޓޯ: އުރީދޫ


އުރީދޫއިން ހިއްސާގެ ފައިދާ ގޮތުގައި 484 މިލިއަން ރުފިޔާ ބަހަން ނިންމައިފި

9 މާރިޗު 2024 - 17:54 0

މިދިޔަ އަހަރު ފައިދާގެ ގޮތުގައި 685 މިލިއަން ރުފިޔާ ލިބުނު އުރީދޫއިން އެ ކުންފުނީގެ ހިއްސާގެ ފައިދާ ގޮތުގައި 484 މިލިއަން ރުފިޔާ ބަހަން ނިންމައިފި އެވެ.

އުރީދޫގެ އަހަރީ އާންމު ޖަލްސާގައި ބުރާސްފަތި ދުވަހު ބައިވެރިވި ހިއްސާދާރުން ފާސްކުރީ އެ ކުންފުނީގެ ކޮންމެ ހިއްސާއަކަށް 3.27ރ. ބެހުމަށެވެ.

އުރީދޫއިން 2022 ވަނަ އަހަރުގެ ފައިދާއިން ކޮންމެ ހިއްސާއަކަށް 3.04ރ. ބަހާފައިވާއިރު، މިއީ ކުރީ އަހަރަށްވުރެ 23 ލާރީގެ އިތުރު އަދަދެއްކަން ފާހަގަކޮށްލެވެ އެވެ.

އޭގެ އިތުރުން އުރީދޫއިން ވަނީ މި ޖަލްސާގައި އެ ކުންފުނީގެ މި އަހަރުގެ އޮޑަރުގެ ގޮތުގައި ކޭޕީއެމްޖީ ހަމަޖައްސަންވެސް ފާސްކޮށް، އެ ކުންފުނި އޮޑިޓު ކޮށްފައިވާ މާލީ ބަޔާންތައްވެސް ފާސްކޮށްފަ އެވެ.

އުރީދޫގެ އަހަރީ އާންމު ޖަލްސާގައި 123 ހިއްސާދާރުންގެ އިތުރުން 60 ޕްރޮކްސީ ހޯލްޑަރުން ވަނީ ބައިވެރިވެފަ އެވެ.

އުރީދޫއަކީ ގަތަރުގެ ވަތަނިއްޔާ އިންޓަނޭޝަނަލްއިން މެޖޯރިޓީ ހިއްސާވާ ކުންފުންޏެކެވެ. ރާއްޖޭގެ ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ މި ކުންފުނީގައި ދެން ހިއްސާވަނީ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި އާންމު ހިއްސާދާރުންނެވެ.