Advertisement

އެމްޑީޕީ ކެންޑިޑޭޓު ގަޔަށް ކަޅުތެޔޮ ޖެހި މައްސަލަ ފުލުހުން ބަލަން ފަށައިފި

7 މާރިޗު 2024 - 21:52 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެމްޑީޕީގެ ޓިކެޓުގައި ފަރެސްމާތޮޑާ ދާއިރާއަށް ވާދަކުރައްވާ އަހުމަދު ޒައީމު ގަޔަށް ކަޅުތެޔޮ ޖަހާފައި: އޭނާ ބަހުސްގައި ބައިވެރިވީ ލައިގެން ހުރި އަންނައުނު ބަދަލުކުރުމަށް ފަހު -- ފޮޓޯ: ފޭސްބުކް


އެމްޑީޕީ ކެންޑިޑޭޓު ގަޔަށް ކަޅުތެޔޮ ޖެހި މައްސަލަ ފުލުހުން ބަލަން ފަށައިފި

7 މާރިޗު 2024 - 21:52 0

ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އަހުމަދު ޒައީމު ގަޔަށް ބަޔަކު ކަޅުތެޔޮ ޖެހި މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ ޕީއެސްއެމް މަޖިލިސް ބަހުސްއަށް ޒައީމު ދަނިކޮށް އަމީނީމަގު އެމްއެންޔޫ ކައިރީ ޕާކިން ޒޯންއާ ހިސާބުން ސައިކަލެއްގައި ދިޔަ ދެ މީހުން ޒައީމު ގަޔަށް ކަޅުތެޔޮ ޖެހި މައްސަލަ މިއަދު 4:11 ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެ އެވެ.

މިކަމާ ގުޅިގެން އެމްޑީޕީގެ މަޖިލިސް ކެމްޕޭނުގެ ތަރުޖަމާނު، ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ "އަދަދު" އަށް ވިދާޅުވީ މިއީ ވަރަށް ދެރަކޮށް ހިނގި ކަމެއް ކަމަށާއި، ބަހުސްއަށް ދަނިކޮށް މިފަދަ ކަމެއް ކުރުމަކީ ހަޑިމުޑުދާރު އަމަލެއް ކަމަށެވެ.

މި އަމަލު ކުށްވެރިކުރަމުން އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ޒައީމު ބަހުސްއަށް ދިޔަ މަގުމަތީގައި ކަޅުތެޔޮ ޖެހުމުގެ ހަމަލާއެއް ދިނުމަކީ ފިނޑި އަމަލެއް ކަމަށާއި، އެކަން އެ ޕާޓީން ކުށްވެރި ކުރާ ކަމަށެވެ.