Advertisement

ބަހުސްއަށް ދަނިކޮށް އެމްޑީޕީގެ ފަރެސްމާތޮޑާ ކެންޑިޑޭޓު ޒައީމް ގަޔަށް ކަޅުތެޔޮ ޖަހައިފި

7 މާރިޗު 2024 - 17:22 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެމްޑީޕީގެ ޓިކެޓުގައި ފަރެސްމާތޮޑާ ދާއިރާއަށް ވާދަކުރައްވާ އަހުމަދު ޒައީމު ގަޔަށް ކަޅުތެޔޮ ޖަހާފައި: އޭނާ ބަހުސްގައި ބައިވެރިވީ ލައިގެން ހުރި އަންނައުނު ބަދަލުކުރުމަށް ފަހު -- ފޮޓޯ: ފޭސްބުކް


ބަހުސްއަށް ދަނިކޮށް އެމްޑީޕީގެ ފަރެސްމާތޮޑާ ކެންޑިޑޭޓު ޒައީމް ގަޔަށް ކަޅުތެޔޮ ޖަހައިފި

7 މާރިޗު 2024 - 17:22 0

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން މެދުގައި ބާއްވާ ބަހުސްއަށް ދަނިކޮށް، އެމްޑީޕީގެ ޓިކެޓުގައި ފަރެސްމާތޮޑާ ދާއިރާއަށް ވާދަކުރާ އަހުމަދު ޒައީމު ގަޔަށް މިއަދު ކަޅުތެޔޮ ޖަހައިފި އެވެ.

ބަހުސް ކުރިޔަށްދާ އަމީނީމަގުގައި ހުންނަ އެމްއެންޔޫ ބިލްޑިންގެ ކުރިމަތީގައި ހުންނަވަނިކޮށް ޒައީމް ގަޔަށް ކަޅުތެޔޮ ޖަހާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާ އިރު، ހަވީރު 5:00 ޖެހިއިރު އޮތް ބަހުސްގައި އޭނާ ބައިވެރިވީ ކަޅުތެޔޮ ޖަހާފައިވާ ހެދުން ބަދަލު ކުރުމަށް ފަހު އެވެ.

ޒައީމުގެ އާއިލާ މީހަކު "އަދަދު" އާ ވާހަކަދައްކަމުން ބުނީ ޒައީމު ގަޔަށް ކަޅުތެޔޮ ޖެހީ އެމްއެންޔޫ ކައިރީގައި ހުއްޓާ ކަމަށާއި، ޖެހި ބައެއް ކަޅުތެޔޮ އަމާޒުވީ އެތާ ހުރި ކުޑަ ފާރުބުރިއަކަށް ކަމަށެވެ.

މިކަމާ ގުޅިގެން އެމްޑީޕީގެ މަޖިލިސް ކެމްޕޭނުގެ ތަރުޖަމާނު، ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ "އަދަދު" އަށް ވިދާޅުވީ މިއީ ވަރަށް ދެރަކޮށް ހިނގި ކަމެއް ކަމަށާއި، ބަހުސްއަށް ދަނިކޮށް މިފަދަ ކަމެއް ކުރުމަކީ ހަޑިމުޑުދާރު އަމަލެއް ކަމަށެވެ.

މި އަމަލު ކުށްވެރިކުރަމުން އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ޒައީމު ބަހުސްއަށް ދިޔަ މަގުމަތީގައި ކަޅުތެޔޮ ޖެހުމުގެ ހަމަލާއެއް ދިނުމަކީ ފިނޑި އަމަލެއް ކަމަށާއި، އެކަން އެ ޕާޓީން ކުށްވެރި ކުރާ ކަމަށެވެ.