Advertisement

މަޖިލިސް އިންތިހާބަށް ރީ-ރަޖިސްޓްރީ ކުރަން މާޗު 10، ގައި ހުޅުވާލަނީ

7 މާރިޗު 2024 - 13:36 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

މާލެ ސިޓީ މޭޔަރު އިންތިހާބުގެ ތެރެއިން -- ފޮޓޯ: އަދަދު


މަޖިލިސް އިންތިހާބަށް ރީ-ރަޖިސްޓްރީ ކުރަން މާޗު 10، ގައި ހުޅުވާލަނީ

7 މާރިޗު 2024 - 13:36 0

އަންނަ އޭޕްރީލް 21، ގައި އޮންނަ ރައްޔިތުންގެ މަޖިލިސް އިންތާހަބަށް އާދީއްތަ ދުވަހުން ފެށިގެން ރީ-ރަޖިސްޓާ ކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވީ މާޗު 10، ވަނަ ދުވަހުން ފެށިގެން މަޖިލިސް އިންތިހާބުގެ ރީ-ރަޖިސްޓްރޭޝަން ހުޅުވާލާނެ ކަމަށެވެ. އަދި މާޗު 16، ގެ ނިޔަލަށް ރީ-ރަޖިސްޓްރީކުރުމުގެ ފުރުސަތު އޮންނާނެ ކަން ފުއާދު ފާހަގަކުރެއްވި އެވެ.

"މާޗު 10، ގަ ރީ-ރަޖިސްޓްރޭޝަނަށް މި ހުޅުވާލަނީ. ހަފްތާއެއްގެ މުއްދަތަށް،" ފުއާދު ވިދާޅުވި އެވެ.

އީސީން އެޕްރިލް 21، ވާ އާދީއްތަ ދުވަހު މަޖިލިސް އިންތިހާބު ބާއްވަން ނިންމީ، އިންތިހާބު އިތުރަށް ލަސްކޮށްގެން އާ މަޖިލިސް އިންތިހާބު ނުކުރެވޭނެތީ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ. އަދި އެ ކޮމިޝަނުން ވަނީ އޭޕްރީލް 21، އަދި 22 ބަންދުކޮށްދިނުމަށް އެދިފަ އެވެ.

އީސީން އާންމުކޮށް ބޮޑެތި އިންތިހާބުތައް ބާއްވަނީ ބަންދު ދުވަސްތަކުގަ އެވެ. ނަމަވެސް މަޖިލިސް އިންތިހާބު އާދީއްތަ ދުވަހެއްގައި ބާއްވަން ނިންމީ އިތުރު ގޮތެއް ނެތިގެން ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

އާ ގާނޫނުގެ ދަށުން އިންތިހާބުތައް ބޭއްވޭނީ ރޯދަ މަހުގެ ފަހު 10 ގެ ފަހުން ކަމަށްވާއިރު، އިންތިހާބުތައް ދެން ބޭއްވޭނީ ރޯދަ މަހުގެ ފަހު 10 ނިންމުމަށްފަހު އެވެ.