Advertisement

ޓެކްސް އާމްދަނީ ބައެއް ކައުންސިލަށް ދިނުމަށް ގާނޫނަށް ބަދަލު ގެންނަނީ

7 މާރިޗު 2024 - 12:10 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ވ.އަތޮޅަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް


ޓެކްސް އާމްދަނީ ބައެއް ކައުންސިލަށް ދިނުމަށް ގާނޫނަށް ބަދަލު ގެންނަނީ

7 މާރިޗު 2024 - 12:10 0

ދައުލަތަށް ވިޔަފާރިތަކުން ދައްކާ ޓެކުހުން މީރާއަށް ޖަމާކުރާ އާމްދަނީން ކައުންސިލުތަކަށް ވަކި ޕަސަންޓެއް ދިނުމަށް ގާނޫނުތަކަށް އިސްލާހު ގެންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ކެޔޮދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ އެކިއެކި ވަސީލަތްތަކުން ކުރިޔަށް އޮތް ތަނުގައި މީރާއަށް ޖަމާކުރެވޭ އާމްދަނީގެ ވަކި ޕަސަންޓެއް ސީދާ ކައުންސިލަށް ލިބޭ ގޮތަށް ޓެކްސްގެ ގާނޫނަށް އިސްލާހު ގެންނާނެ ކަމަށެވެ.

ރަށްރަށުގައި ހިންގާ ގެސްޓްހައުސް ތަކަށް ލޯކަލް ޓޫރިޒަމްގެ ތެރެއިން ލިބޭ ޓީޖީއެސްޓީން ވަކި ޕަސަންޓެއް ކައުންސިލްތަކުގެ އާމްދަނީއަށް އިތުރު ކުރުމަށް ލާމަރުކަޒީ ގާނޫނު އަދި ޓޫރިޒަމް ގާނޫނަށް އިސްލާހު ހުށަހަޅަން ގަސްތުކުރާ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"ކުރިޔަށް އޮތް ތަނުގައި ރައްޔިތުންނަށް އަދި ރަށްރަށަށް އެ ފައިސާ ވަންނަން ފަށާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އޭގެއިތުރުން ރައީސް މުއިއްޒު ވިދާޅުވީ ކައުންސިލްތަކުން ރައްޔިތުންނަށް ހިދުމަތްކުރުމުގައި ކޮންމެ އަހަރެއްގެ ބަޖެޓުން ކުރާ ހަރަދުތަކުގެ ތެރެއިން ލުއިތަކެއް ލިބި، ލާމަރުކަޒީކޮށް ރަށްރަށަށް ސީދާ ކައުންސިލްތަކުން ލިބޭ އާމްދަނީ މެދުވެރިކޮށް ކަންކަން ފަހިކުރެވިގެން ދާނެ ކަމަށެވެ.

މި ބަދަލާއެކު ރައްޔިތުންނަށް އުފާވެރިކަން ލިބިގެންދާނެކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ގައުމަށް ލިބޭ އާމްދަނީ ސީދާ ބެހިގެންދާނީ ރައްޔިތުންގެ މެދުގައި ކަމަށެވެ.

ދައުލަތަށް ލިބޭ އާމްދަނީގެ ވަކި ޕަސަންޓެއް އަދި ޓީޖީއެސްޓީން ވަކި ޕަސަންޓެއް ދެވޭނެ އިންތިޒާމުތަކެއް ހަމަޖައްސަން ކުރީއްސުރެ ކައުންސިލްތަކުން ދިޔައީ އެދެމުންނެވެ.