Advertisement

ސީޒަން ނިމުމުން ތިއާގޯ ސިލްވާ ޗެލްސީ ދޫކޮށްލަނީ

23 އޭޕްރީލް 2024 - 09:06 0

އަތޫފް އާތިފް

އަތޫފް އާތިފް


ސީޒަން ނިމުމުން ތިއާގޯ ސިލްވާ ޗެލްސީ ދޫކޮށްލަނީ

23 އޭޕްރީލް 2024 - 09:06 0

ލަންޑަން (އޭޕްރީލް 23) - މި ސީޒަން ނިމުމުން ޗެލްސީގެ ޑިފެންޑަރު ތިއާގޯ ސިލްވާ ހިލޭ ޓްރާންސްފާ އެއްގައި އެ ކުލަބް ދޫކޮށްލަން ނިންމައިފި އެވެ.

ޗެލްސީއާ އެކު ތިއާގޯ ސިލްވާ، 39، ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ. އެހެންވެ, ސިލްވާ ބޭނުންވަނީ މި ސީޒަން ނިމުމުން އެ ޓީމު ދޫކޮށް އެހެން ކުލަބަކަށް ބަދަލުވާން ކަމަށް އޭނާ ވަނީ ހާމަކޮށްފަ އެވެ.

ޗެލްސީ ދޫކޮށްލަން ސިލްވާ ނިންމީ އެ ކުލަބުން އޭނާގެ ކޮންޓްރެކްޓް އާކުރަން ބޭނުން ނުވުމުންނެވެ. ސަބަބަކީ ބޮޑު މުސާރައެއްގައި ހުރިއިރު، ސިލްވާގެ ބޭނުން އެކުލަބަށް ނުހިފުމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޗެލްސީ ދޫކޮށްލަން ސިލްވާ ނިންމިއިރު, އޭނާ ހޯދަން ސައުދީގެ ކުލަބްތަކުން ވަނީ މިދިޔަ ޓްރާންސްފާ މާކެޓުގައި މަސައްކަތް ކޮށްފަ އެވެ. އެހެންވެ, މި އަންނަ ޓްރާންސްފާ މާކެޓުގައި ވެސް ސިލްވާގެ ސޮއި ހޯދަން ސައުދީގެ ކުލަބުތަކުން މަސައްކަތްކުރާނެ ކަމަށް ބެލެވެ އެވެ.

އެކަމަކު، ރިޕޯޓުތައް ބުނާ ގޮތުން ސިލްވާ ބޭނުންވަނީ ބްރެޒިލްގެ ކުލަބަކަށް ބަދަލުވާށެވެ. އަދި ސިލްވާ އަންނަނީ ކުޑަ މުސާރައެއްގައި ބްރެޒިލްގެ ކުލަބަކަށް ބަދަލުވާން ވާހަކަ ދައްކަމުން ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.