ފެކްޓް ޗެކް: މުލީއާގޭގެ ކަރޯކޭ ސިސްޓަމް ކަމަށް ބުނެ ފެތުރީ ދޮގު!

މުލިއާގޭގައި ހުރި ކަމަށް ބުނެ ފަތުރަމުންދާ ކަރޯކޭ ސިސްޓަމުގެ ފޮޓޯ

މުލިއާގޭގައި ހުރި ކަމަށް ބުނެ ފަތުރަމުންދާ ކަރޯކޭ ސިސްޓަމުގެ ފޮޓޯ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު ކަރޯކޭ ކުޅުއްވާ ކަމާއި އެ ކަމަށް ރައީސްގެ ރަސްމީގެ، މުލީއާގެއަށް އަގުބޮޑު ކަރޯކޭ ސިސްޓަމެއް ގަނެ ވެއްދި ކަމަށް ބުނެ ފޮޓޯއަކާއެކު ސޯޝަލް މީޑިއާގައި އިއްޔެ ވާހަކަތައް ފަތުރަން ފެށި އެވެ. އެ ވާހަކަ ރައީސް އަބްދުﷲ ޔާމީން އުފައްދަވާ ޕީއެންއެފްގެ ޖަލްސާއެއްގައި ވެސް މީހަކު ދެއްކި އެވެ.

ދައުރު ކުރި ފޮޓޯއިން ފެންނަނީ ރަނގަޅު ފެންވަރަކަށް ހަދައި، ކާޕެޓު އަޅާފައިވާ ތަނެއްގައި ބަހައްޓާފައި ހުރި ބޮޑު ކަރޯކޭ ސިސްޓަމެކެވެ. ފޮޓޯއިން ފެންނަނަ ދެ ސްޕީކަރު އިސްކޮޅު ވަރުވެ އެވެ. އެއީ މުލީއާގެ ކަމާއި އެ ފޮޓޯއިން ފެންނަ ސިސްޓަމް ގެނައީ ސިންގަޕޫރުން ކަމާއި އަދި އޭގެ އަގަކީ 80،000 ޑޮލަރު ނުވަތަ 1.5 މިލިއަން ރުފިޔާ ކަމަށް އަޑު ފެތުރި އެވެ. އެ ފައިސާ ހަރަދު ކުރީ ވެސް ސަރުކާރުން ކަމަށް ބުނެއެވެ.

އިތުރު ކަމެއް ބެލުމުގެ ކުރިން، ދައުރުކުރި ފޮޓޯގެ ހަގީގަތް ބަލައިލި އިރު، އެއީ މުލީއާގޭގެ މަންޒަރެއް ނޫންކަން ކަށަވަރު ކުރެވުނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މުލިއާގޭގެ އިސް މަގާމުތަކުގައި ތިއްބެ ބައެއް އޮފިޝަލުން އަދި މި ސަރުކާރުގައި މުލިއާގޭގައި މަސައްކަތް ކުރައްވާ ބައެއް އޮފިޝަލުން އަދަދު ނޫހަށް ކަށަވަރުކޮށް ދެއްވި ގޮތުގައި ދައުރުކުރި ކަރޯކޭ ސިސްޓަމް ހުރި ފޮޓޯއަކީ މުލިއާގޭގެ މަންޒަރެއް ނޫނެވެ.

އިތުރަށް ހޯދި ހޯދުންތަކުން އެނގުނު ގޮތުގައި އެއީ ވިއެޓްނާމުގެ ވެބްސައިޓެއްގައި ޝާއިއުކޮށްފައިވާ ފޮޓޯ އެކެވެ. އެ ފޮޓޯ އާއި މުލިއާގެ ކަމަށް ބުނެ ފެތުރި ފޮޓޯގައި ފަރަގެއް ނެތެވެ.

ރައީސް މުއިއްޒު ނޮވެމްބަރު 17، 2023 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު ފުރަތަމަ ދިރިއުޅުއްވީ އަމިއްލަގެ، މ. ދިމްޔާތުގަ އެވެ. މުލީއާގެ މަރާމާތު ކުރުމަށް ފަހު ރައީސް މުއިއްޒާއި އާއިލާ މުލީއާގެ އަށް ބަދަލުވެވަޑައިގަތީ ހުވާ ކުރެއްވިތާ އައްޑިހަ ދުވަސް ފަހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox