Advertisement

ވިލާ ކޮލެޖާއި ވާވޭ އައިސީޓީ އެކަޑަމީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

6 މާރިޗު 2024 - 08:38 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ވިލާ ކޮލެޖާއި ވާވޭ އައިސީޓީ އެކަޑަމީއާއެކު އެއްބަސްވުމެއްގައި ސޮއިކުރުން: ވާވޭއިން އެހީވެދޭނީ އައިސީޓީ ދާއިރާއިން ވިލާ ކޮލެޖު ތަރައްގީކުރަން -- ފޮޓޯ: ވިލާ ކޮލެޖު


ވިލާ ކޮލެޖާއި ވާވޭ އައިސީޓީ އެކަޑަމީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

6 މާރިޗު 2024 - 08:38 0

ވިލާ ކޮލެޖަށް އައިސީޓީ ދާއިރާއިން ބޭނުންވާ އެހީތެރިކަން ހޯދުމުގެ ބޭނުމުގައި ވާވޭ އައިސީޓީ އެކަޑަމީއާއެކު އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފި އެވެ.

ވިލާ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކޮލެޖުގެ ފަރާތުން ރެކްޓާ ޑރ އަހުމަދު އަންވަރާއި، ވާވޭ އައިސީޓީ އެކަޑެމީގެ ފަރާތުން ވާވޭ މޯލްޑިވްސްގެ ހެޑް ޗެން ކެޔަންގް އެވެ.

އެގޮތުން އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި ވިލާ ކޮލެޖުގައި ސްމާޓް ކްލާސްރޫމްތަކެއް މި އެއްބަސްވުމާއެކު ގާއިމް ކުރެވިގެން ދާނެ ކަމަށާއި، ސްމާޓް ކްލާސްރޫމް ތަކާއެކު ތައުލީމް ފޯރުކޮށްދިނުމާއި އުނގެނުމަށް ޒަމާނީ އަދި ކުރިއަރާފައިވާ މާހައުލެއް ގާއިމް ކުރެވޭނެ ކަމަށް ވިލާ ކޮލެޖުން ބުނެ އެވެ.

"ސްމާޓް ކްލާސްރޫމް ގާއިމްކުރުމުގެ ސަބަބުން ދަރިވަރުން ކިޔެވުމަށް އިތުރަށް ޝައުގުވެރިވެ ކުދިންގެ ކިޔެވުމުގެ ފެންވަރަށް ވެސް އެކަމުގެ ހެޔޮ އަސަރު ކުރާނެ. ކިޔަވައިދޭ މުދައްރިސުންނަށް ކިޔަވައިދިނުމަށް އިތުރު ވަސީލަތްތައް ލިބުމަށް މަގުފަހިވެ ވަގުތާއި ހަރަދު ސަލާމަތް ވެގެން ދާނެ" ވިލާ ކޮލެޖުން ބުނެ އެވެ.

ވިލާ ކޮލެޖާއި ވާވޭ އައިސީޓީ އެކަޑަމީއާއެކު އެއްބަސްވުމެއްގައި ސޮއިކުރުން -- ފޮޓޯ: ވިލާ ކޮލެޖު


ވިލާ ކޮލެޖުގެ މާކެޓިން އެންޑް ކޮމިޔުނިކޭޝަންސްގެ ޑިރެކްޓާ ނިޒްނާ އަލީ ދީދީ ވިދާޅުވީ ވިލާ ކޮލެޖުން އިސްކަން ދެނީ ތައުލީމް ފޯރުކޮށްދިނުމުގައި ޒަމާނީ އާ ގޮތްތައް ހޯދުމަށް ކަމަށާއި، މި އެއްބަސްވުމާއެކު ވާވޭ އެކަޑެމީއާ ގުޅިގެން ޒަމާނީ އާ އީޖާދުތައް ވިލާ ކޮލެޖުގައި ގާއިމްކުރުމަށް މަސައްކަތް ކުރެވިގެންދާނެ ކަމަށެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޕެނަލް ޑިސްކަޝަންއެއް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މި ޕެނަލް ޑިސްކަޝަންގައި ވާވޭ ޓެކްނޮލޮޖީސް ސްރީލަންކާގެ އެޓްރެޓެޖިކް އެޑްވައިޒަރު އަދި ވައިސް ޕްރެޒިޑެންޓް އިންދިކާ ޑި ސޮއިޒާ، އެޑިޔުކޭޝަނަލް ޓެކްނޮލޮޖީ ސްޕެޝަލިސްޓް ޑރ. އިބްރާހިމް ވަހީދު، ލެކްޗަރާ ހުސެއިން ނައުޝާދު އަދި ވިމެން އިން ޓެކް މޯލްޑިވްސްގެ އެސޯސިއޭޓް މެމްބަރު އަދި ޓްރޭޑްނެޓް މޯލްޑިވްސް ކޮމްޕެނީ ލިމިޓެޑްގެ ލީޑް ޑާޓާ ސްޕެޝަލިސްޓް މިހްނާ ޒާހިރު ބައިވެރިވި އެވެ.