Advertisement

ވިލާ ކޮލެޖުގެ މެއި އިންޓޭކްއަށް ކުރިމަތިލުން ހޮނިހިރު ދުވަހާ ހަމައަށް އިތުރުކޮށްފި

ވިލާ ކޮލެޖުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: މެއި އިންޓޭކަށް ކުރިމަތިލުން ހޮނިހިރު ދުވަހާ ހަމައަށް ވަނީ އިތުރުކޮށްފައި -- ފޮޓޯ: ވިލާ ކޮލެޖު


ވިލާ ކޮލެޖުގެ މެއި އިންޓޭކްއަށް ކުރިމަތިލުން ހޮނިހިރު ދުވަހާ ހަމައަށް އިތުރުކޮށްފި

މި މަހު ވިލާ ކޮލެޖް އިން ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ހޮނިހިރު ދުވަހާ ހަމައަށް މުއްދަތު އިތުރުކޮށްފި އެވެ.

އެކި ދާއިރާތަކުން 150 ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު މި ފެށެ މެއި އިންޓޭކްގައި ވިލާ ކޮލެޖުން ވަނީ ހުޅުވާލައިފަ އެވެ. ކޯސްތަކުގެ ތެރޭގައި ސެޓްފިކެޓް ލެވެލް އިން ފެށިގެން މާސްޓާސް ޑިގްރީގެ ކޯސްތައް ހިމެނެ އެވެ.

މީގެ ތެރޭގައި ބޭރުގެ ބޮޑެތި ޔުނިވާސިޓީ ތައް ކަމަންވާ އިގިރޭސި ވިލާތުގެ ދި ޔުނިވާސިޓީ އޮފް ދި ވެސް އޮފް އިންގްލެޑް އަދި މެލޭޝިޔާގެ ޓޭލާސް ޔުނުވާސިޓީ އާއި ގުޅިގެން ކުރިއަށް ގެންދާ ކޯސްތަކުގެ އިތުރުން ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކާއި ޕްރޮފެޝަނަލް ޕްރޮގްރާމުތައް ހިމެނެ އެވެ.

އޭގެ ތެރޭގައި މުޅިން އަލަށް އެ ކޮލެޖް އިން ތަޢާރަފް ކުރި ވިލާ ކޮލެޖްގެ އަމިއްލަ ކޯސްތަކެއް ކަމުގައިވާ:

  • ސެޓްފިކެޓް 3 ކަލިނަރީ އާޓްސް
  • ބެޗްލާ އޮފް ސިވިލް އިންޖިނިއަރިންގް (އޮނާސް)،
  • މާސްޓާ އޮފް އިންޖިނިއަރިންގް (އިލެކްޓްރިކަލް)،
  • މާސްޓާ އޮފް އިންޖިނިއަރިންގް (މެކޭނިކަލް)،
  • މާސްޓާ އޮފް އިންޖިނިއަރިންގް (މެކަޓްރޮނިކްސް)،
  • މާސްޓާ އޮފް އިންޖިނިއަރިންގް (ކޮމްޕިއުޓިންގް) އަދި،
  • ޔުނިވާސިޓީ އޮފް ސައިބާޖަޔާއާ ގުޅިގެން ވިލާ ކޮލެޖުން ކުރިއަށް ގެންދާ މާސްޓާސް އިން ކްލިނިކަލް ސައިކޮލޮޖީ ޕްރޮގްރާމެވެ.

މެއި އިންޓޭކުގައި ހުޅުވާލެވޭ ކޯސްތަކުގެ ތެރޭގައި އޮންލައިން އަދި ފޭސް ޓު ފޭސް ކޮށް ކިޔެވޭ ކޯސްތައް ހިމެނެ އެވެ. ފޭސް ޓު ފޭސް ކޮށް ކިޔެވޭ ކޯސްތައް ވިލާ ކޮލެޖްގެ މައި ކެމްޕަސް ކަމައްވާ މާލޭގައި ހުންނަ ކިޔުއައި ކެމްޕަހުގެ އިތުރުން ވިލާ ކޮލެޖް ނައިފަރު ކެމްޕަސް، ވިލާ ކޮލެޖް ގަން ކެމްޕަސް، ވިލާ ކޮލެޖް މަހިބަދޫ ކެމްޕަސް، ވިލާ ކޮލެޖް ހިތަދޫ ކެމްޕަސް އަދި ވިލާ ކޮލެޖް ކުޅުދުއްފުށީ ކެމްޕަހުގައި ވެސް ކުރިއަށް ދާނެ އެވެ.

ވިލާ ކޮލެޖުގެ ދަރިވަރުންނަށް ފީ ދެއްކުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމަށް އެ ކޮލެޖުން ވަނީ މަހުން މަހަށް އިންސްޓޯލްމެންޓަށް ފީ ދެއްކޭނެ އިންތިޒާމު ވެސް ހަމަޖައްސައިފަ އެވެ. އަދި ސަރުކާރުން ހަމަޖައްސާފައިވާ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ސްކީމްގެ ދަށުން ވިލާ ކޮލެޖުގެ ހުރިހާ ޑިގްރީ ޕްރޮގްރާމްތަކަށް ކިޔެވޭނެ އެވެ.

މެއި މަހު ފަށާ އިންޓޭކުގެ ކިޔެވުން ފަށާނީ މި މަހުގެ ތިން ވަނަ ހަފްތާގަ އެވެ.