Advertisement

ވިލާ ކޮލެޖުގެ "ސްޕެކްޓްރަމް 2024" ބާއްވައިފި

ވިލާ ކޮލެޖުގެ "ސްޕެކްޓްރަމް 2024" ގެ ތެރެއިން -- ފޮޓޯ: ވިލާ ކޮލެޖު


ވިލާ ކޮލެޖުގެ "ސްޕެކްޓްރަމް 2024" ބާއްވައިފި

ވިލާ ކޮލެޖުގެ "ސްޕެކްޓްރަމް 2024" އާޓް އެގްޒިބިޝަން ބާއްވައިފި އެވެ.

މި އެގްޒިބިޝަންގައި ވިލާ ކޮލެޖުގެ ސެޓްފިކެޓް 4 އިން ކްރިއޭޓިވް އާޓްސް އެންޑް ޑިޒައިން ޕްރޮގްރާމްގެ ދަރިވަރުން ހެދި އެސައިމަންޓުތަކަށް ތައްޔާރުކުރި ޑިޒައިންތައް ވަނީ ދައްކާލާފަ އެވެ.

ޑިޒައިންތަކާ ގުޅޭގޮތުން އެ ޑިޒައިންތައް ހެދި ދަރިވަރުން މައުލޫމާތު ހިއްސާ ކޮށްފައިވާއިރު، އެގްޒިބިޝަންގައި ބައިވެރިވި ތަޖުރިބާކާރުން ވަނީ އެ މީހުންގެ ތަޖުރިބާ ވެސް ހިއްސާ ކޮށްފަ އެވެ.

ވިލާ ކޮލެޖުގެ "ސްޕެކްޓްރަމް 2024" ގެ ތެރެއިން -- ފޮޓޯ: ވިލާ ކޮލެޖު


ހާއްސަ ތީމަކަށް ދަރިވަރުން ތައްޔާރުކުރި "ސްޕެކްޓްރަމް 2024" ގެ ފޮތް ވެސް އެގްޒިބިޝަންގެ ތެރެއިން ވަނީ ލޯންޗު ކޮށްފަ އެވެ.

އެގްޒިބިޝަންގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ވަނަވަނައަށް ދިޔަ ފަރާތްތަކަށް އެވޯޑު ވަނީ ހަވާލުކޮށްފަ އެވެ.