Advertisement

ފަރުވާގެ ދޮގު ލިޔުން ވިއްކުމުގެ މައްސަލަ މަނީ ލޯންޑަރިންގެ ބޮޑު މައްސަލައެއް ގޮތަށް ބަލަނީ

5 މާރިޗު 2024 - 15:33 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް


ފަރުވާގެ ދޮގު ލިޔުން ވިއްކުމުގެ މައްސަލަ މަނީ ލޯންޑަރިންގެ ބޮޑު މައްސަލައެއް ގޮތަށް ބަލަނީ

5 މާރިޗު 2024 - 15:33 0

މަސްތުވާތަކެއްޗަށް ދެވިހިފާފައި ތިބޭ މީހުންނަށް ދޭ ފަރުވާ ފުރިހަމަ ނުކުރަނީސް، ފަރުވާ ފުރިހަމަވި ކަމުގެ ލިޔުން ދޫކޮށް، ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ މުވައްޒަފުންތަކެއް ފައިސާ ނަގައި ލޯންޑާ ކުރި މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ހޯމް މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކާ އެކު އެ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑެޕިއުޓީ ކަމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވީ ފަރުވާ ފުރިހަމަކުރިތޯ ބަލަން އެންޑީއޭއިން ހަދާ ޓެސްޓްތަކުގެ ނަތީޖާ އޮޅުވައިލައިގެން މީހުން ދޫކުރުމާއި އެކަަމަށް ފައިސާ ނެގި ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި އެންޑީއޭގެ އިސް މުވައްޒަފުން ތަކެއް ހިމެނޭ ކަމަށެވެ. އެ މައްސަލާގެ ތަހުގީގަށް ބޭނުންވާ ލިޔެކިއުންތައް ހޯދައި މުރާޖައާކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި މައްސަލައަކީ ނެޝަނަލް ޑްރަގް އެޖެންސީން ދެމުންދާ ފަރުވާގެ އެސެސްމެންޓް ރިވިއުކުރުމުގައި އެޖެންސީގެ ބައެއް އިސް މުވައްޒަފުންނާއި އިތުރު ބަޔަކު ގުޅިގެން އެންޑީއޭ ލެބޯޓްރީން ހަދާ ޓެސްޓްތައް ނަތީޖާ އޮޅުވާލައި، ފަރުވާ ފުރިހަމަކުރަން ޖެހޭ މީހުން ފަރުވާ ފުރިހަމަކުރަން ނުޖެހޭ ގޮތަށް ބަދަލުކޮށް، އަދި ފަރުވާ އަދި ފަރުވާ ފުރިހަމަކުރަން ޖެހޭ މުއްދަތު ކުރުކޮށް މުޖުތަމައު ތެރެއަށް ދޫކޮށްލައި، ފަރުވާ ފުރިހަމަކުރަން ޖެހޭ މީހުން އަތުން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ގިނަ އަދަދެއްގެ ފައިސާ ރިޝްވަތުގެ ގޮތުގައި ހޯދައި ގިނަ އަދަދެއްގެ ފައިސާ ލޯންޑާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލަ،" ނަވީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މައްސަަލާފައި ބަލަން ޖެހޭ ލިޔެކިއުންތައް ހޯދައި އެނަލައިޒްކުރަމުން އަންނަ ކަމަށެވެ. އެހެން ނަަމަވެސް އެ މައްސަލާގައި ބަޔަކު ހައްޔަރުކުރިކަން ނުވަތަ ނޫންކަން އޭނާ ހާމަައެެއް ނުކުރައްވަ އެވެ.