Advertisement

ރޯދަ އިނާޔަތުގެ ގޮތުގައި 3،000ރ. އަށް ވުރެ އިތުރަށް ނުދޭން ޕީސީބީން އަންގައިފި

5 މާރިޗު 2024 - 07:22 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެމްއޭސީއެލްގައި ވަޒީފާ އަދާކުރާ މުވައްޒަފުންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި. -- ފޮޓޯ: އަދަދު


ރޯދަ އިނާޔަތުގެ ގޮތުގައި 3،000ރ. އަށް ވުރެ އިތުރަށް ނުދޭން ޕީސީބީން އަންގައިފި

5 މާރިޗު 2024 - 07:22 1

ސަރުކާރުގެ ހިއްސާވާ ބައެއް ކުންފުނިތަކުން ރޯދަ އިނާޔަތުގެ ގޮތުގައި 3،000ރ. އަށް ވުރެ އިތުރަށް ދޭން ނިންމާފައި ވަނިކޮށް، ގާނޫނުގައި ކަނޑައަޅާފައިވާ މިންވަރަށް ވުރެ އިތުރަށް އިނާޔަތް ނުދިނުމަށް ޕްރައިވެޓައިޒޭޝަން އެންޑު ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ކުންފުނިތަކަށް އަންގައިފި އެވެ.

ޕީސީބީން އާދީއްތަ ދުވަހު ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ 3،000ރ. އަށް ވުރެ އިތުރަށް ނުވަތަ އެއަށް ވުރެ މަދުން ރޯދަ އިނާޔަތް ދެވިފައިވާ ނަމަ އެ ފައިސާ މާޗު މަހުގެ މުސާރަ ދޭއިރު ހަމަޖެއްސުމަށެވެ.

"ރަމަޟާން މަހާ ގުޅުވައިގެން މުވައްޒަފުންނަށް އިތުރު ހަދިޔާތައް ދޭނަމަ، އަދި ކުންފުންޏަކީ ފައިދާވާ ކުންފުންޏެއް ނަމަ ކޭޝްފްލޯއަށް ނުރަނގަޅު އަސަރު ނުކުރާ މިންވަރަށް އެ ކަންތައް ކުރުމަށް ސަމާލުކަން ދެއްވުން،" ސާކިއުލާގައި ބުނެފައިވެ އެވެ.

ވަޒީފާއާބެހޭ ގާނޫނުގައި ބުނެފައިވާ ގޮތުން ވަޒީފާ އަދާކުރާ މުސްލިމް ކޮންމެ މުވައްޒަފަކަށް ރޯދަ އިނާޔަތުގެ ގޮތުގައި 3،000ރ ދޭންޖެހެ އެވެ.

ޕީސީބީގެ ސާކިއުލާއަށް ސަރުކާރުގެ ކުންފުނިތަކާއި ސަބްސިޑިއަރީ ކުންފުނިތަކުން ވެސް އަމަލުކުރަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

މި އަހަރުގެ ރޯދަ މަސް ފެށޭނީ މާޗު 11 ވަނަ ދުވަހު އެވެ.