Advertisement

އިއްޔެ އެކަނިވެސް މާލެއިން 38 ޓަނުގެ ކުނި އުކާލައިފި

13 މާރިޗު 2024 - 13:08 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މާލޭގެ މަގުމައްޗަށް އަޅާފައިވާ ކުނިތަކެއް -- ފޮޓޯ: އަދަދު


އިއްޔެ އެކަނިވެސް މާލެއިން 38 ޓަނުގެ ކުނި އުކާލައިފި

13 މާރިޗު 2024 - 13:08 0

މާލޭގެ މަގުމަތިން އިއްޔެ އެކަނި ވެސް 38 ޓަނުގެ ކުނި ނަގައި އުކާލާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

މާލެ ސިޓީ ކައުންސިލުގެ މީޑިއާ ކޯޑިނޭޓަރު، އާމިނަތު ޝަތުފާ ވިދާޅުވީ އިއްޔެ އެކަނި ވެސް މާލޭގެ މަގުމަތިން 350 ކިލޯގެ 14 ޕިކަޕާއި 1.5 ޓަނުގެ އެއް ޕިކަޕާއި ދެ ޓަނުގެ 14 ޕިކަޕުގެ އިތުރުން ހަތަރު ޓަނުގެ އެއް ޕިކަޕުގެ ކުނި އުކާލާފައިވާ ކަމަށެވެ.

މާލޭގެ މަގުމަތިން އިއްޔެ ނެގި ކުންޏާއެކު، ފާއިތުވި 17 ދުވަހުގެ ތެރޭގައި މާލޭގެ މަގުމަތިން ނެގި ކުނީގެ ބަރުދަން ވަނީ 260.5 އަށް އަރައިފަ އެވެ.

މާލޭގެ މަގުމައްޗަށް ކުނި ގިނަވެފައި ވަނީ ރޯދަ މަހާ ދިމާކޮށް ގޯތިގެދޮރު ސާފު ސާފުކުރުމުން އުފެދުނު ކުނިތައް ގޭގެއިން ނެރެ މަގުމައްޗަށް ޖަމާކުރުމުންނެވެ. އެކަން ބޮޑުވުމުގެ ސަބަބުން ވެމްކޯއިން ވެސް ވަނީ ހިލޭ ކުނި އުކައިދޭން ފަށައިފަ އެވެ.

ރޯދަ މަހާ ދިމާކޮށް މީގެ ކުރިން ވެސް މާލޭގެ މަގުތައް މައްޗަށް ކުނި ގިނަވެ އެވެ. އޭގެތެރޭގައި ގިނައީ ބޮޑެތި ފަރުނީޗަރާއި ގޭތެރޭގައި ހިފައި ގެންގުޅޭ ސާމާނުގެ އިތުރުން އިލެކްޓްރޯނިކްސް ފަދަ އިތުރު ފީއެއް ދައްކައިގެން ވެމްކޯއިން އުކައިލަންޖެހޭ ޒާތުގެ ކުންޏެވެ.