އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު -- ފޮޓޯ: އެކްސް
އިންޑިއާއާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކައަށް އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ނުސީދާކޮށް ރައްދު ދެއްވައިފި އެވެ.
ޖައިޝަންކަރު ރައްދު ދެއްވީ، ޖެނުއަރީ 13، 2024 ގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަތަކަށް ނިސްބަތް ކޮށެވެ. އެ ދުވަހު އިންޑިއާ އަށް އިޝާރާތް ކުރައްވައި މުއިއްޒު ވިދާޅުވީ ދިވެހިރާއްޖެއަކީ ކިތަންމެ ކުޑަ ގައުމެއް ނަމަވެސް އެހެން ގައުމުތަކުން ގަނާ ކުރުމަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ.
އިންޑިއާގެ ދިއްލީގައި ފޮތެއް ލޯންޗުކުރި ރަސްމިއްޔާތެއްގައި އާންމުންގެ މީހަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޖައިޝަންކަރު ވިދާޅުވީ ގަނާ ކުރާ ގައުމުތަކުން، ހާލުގައި އޮތް އަވަށްޓެރި ގައުމުތަކަށް 4.5 ބިލިއަން ޑޮލަރެ އެހީ ނުދޭނެ ކަމަށެވެ.
"ގަނާ ކުރާ ގައުމުތަކުން ކޮވިޑް ވެކްސިން ފޯރުކޮށްދީ އަދި ދުނިޔޭގައި އެކި ކަންކޮޅުގައި ހަނގުރާމަތައް ކުރިޔަށްދާއިރު ބޭނުންވާ ޒަރޫރީ ބޭނުންތައް ފުއްދައިދޭން މަސައްކަތް ނުކޮށްދޭނެ" ޖައިޝަންކަރު ވިދާޅުވި އެވެ.
އިންޑިއާއިން އަބަދު ވެސް އަވަށްޓެރި ގައުމުތަކަށް އެންމެ އެހީ ބޭނުންވާ ދަނޑިވަޅުތަކުގައި އެހީވަމުން ކަމަށާއި، އެގޮތުގައި އިންޑިއާ ދެމި އޮންނާނެ ކަމަށް ވެސް ޖައިޝަންކަރު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު އެނބުރި ރާއްޖެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވިދާޅުވީ ރާއްޖެ އަކީ "ވަކި ގައުމެއްގެ ބެކްޔާޑުގައި އޮތް ގައުމެއް ނޫން" ކަމަށެވެ.
"އަޅުގަނޑުމެންނަކީ ވަކި ގައުމެއްގެ ބެކްޔާޑުގައި އޮތް ގައުމެއް ނޫން. އަޅުގަނޑުމެންނަކީ މިނިވަން މުސްތަގިއްލު ގައުމެއް. އެހެންވީމާ މި ޓެރިޓޯރިއަލް އިންޓަގްރިޓީ އަސާސްއަކީ ޗައިނާއިން ވަރަށް ބޮޑަށް އަޅުގަނޑުމެންނަށް އިހުތިރާމް އަދާ ކުރާ އަސާސެއް،" ރައީސް މުއިއްޒު އެ ދުވަހު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ރައީސް ކަމަށް ވަޑައިގަތުމަށްޓަކައި ކުރެއްވި ކެމްޕޭނުގައި އެންމެ ބޮޑަށް ފާޑުކިޔަމުން ދިޔައީ އިންޑިއާ އަށެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނާއި ހުރި އަސްކަރީ އުޅަނދު ފޮނުވާލާނެ ކަމަށް ޕީޕީއެމް/ޕީއެންސީން ބުނަމުން ދިޔަ އެވެ.
ނަމަވެސް ވެރިކަމަށް ވަޑައިގަތުމަށް ފަހު ރައީސް މުއިއްޒު އިންޑިއާއާއެކު އެއްބަސްވީ ޔުނިފޯމު އެޅި އިންޑިއާ ސިފައިންގެ ބަދަލުގައި ރާއްޖޭގައި ހުރި އިންޑިއާގެ ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާ ބޯޓު ދުއްވަން އެ ގައުމުގެ "މަދަނީން" ގައުމަށެވެ. އޭގެ ފުރަތަމަ ގްރޫޕު މިހާރު ވަނީ ރާއްޖެ ގެނެސްފަ އެވެ.
33.33%
0.00%
33.33%
33.33%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
މުލޭ
about 1 year ago
އެއްވެސް އޮށްޓަރެއްހުރި ރައްދެއްނޫންތިއީ. ގަނާކުރަންފެށި 17 ޑިސެންބަރު 2023 އިން ފެށިގެން. ތިބުނި އެހީތަކަކީ ގަނާކުރުމަށް ފުރުސަތުހޯދަން ރޭވިގެން ކުރިކަމެއް ނުވަތަ ގޮނޑިކޮއްކޮ ހެއްދުމަށްޓަކައި ކުރިކަމެއް.
Comment