Advertisement

އަލިފާން ރޯވީ އަވަނެއް އޯވާ ހީޓްވެގެން، ތިން މީހުންނަށް ފަރުވާ ދެނީ

2 މާރިޗު 2024 - 20:15 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އަލިފާން ރޯވި އަވަން. މި ހާދިސާއާ ގުޅިހެނމް ތިން މީހުންނަށް އަންނަނީ ފަރުވާ ދެމުން -- ފޮޓޯ: އެމްއެންޑީއެފް


އަލިފާން ރޯވީ އަވަނެއް އޯވާ ހީޓްވެގެން، ތިން މީހުންނަށް ފަރުވާ ދެނީ

2 މާރިޗު 2024 - 20:15 0

ހ. ސަންގުރޭޒްގެ ފުރަތަމަ ފަންގިފިލާގައި އަލިފާން ރޯވީ އަވަނެއް އޯވާ ހީޓްވެގެން ކަމަށާއި، ހާދިސާގައި ބިދޭސީއަކަށް އަނިޔާވި ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

އެމްއެންޑީއެފްއިން ބުނީ އަލިފާނުގެ ހާދިސާއާ ގުޅިގެން ބިދޭސީއަކު އެތަނުން ނިކުންނަން އުޅުމުގެ ތެރޭގައި ފައި ހަލާކުވެގެން އޭޑީކޭގައި ފަރުވާ ދެމުން އަންނައިރު، ދުމުގެ އަސަރުކޮށްގެން ދުވަސްވީ ދެ މީހުންނަށް އެ ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަަށެވެ.

އަލިފާން ނިއްވަމުން ދިޔަ ގަޑީގައި ދުމުުގެ އަސަރުކޮށްގެން ދުވަސްވީ ދިވެހި ފިރިހެނަކާއި، ދިވެހި އަންހެނެއް ރެޑްކްރޮސްގެ އެހީތެރިކަމާއެކު އޭޑީކޭއަށް ގެންދިޔަ މަންޒަރު "އަދަދު" ގެ ނޫސްވެރިންނަށް ވަނީ ފެނިފަ އެވެ.

މިއަދު އިރުއޮއްސެން އުޅެނިކޮށް ހ. ސަންގުރޭޒްގޭގައި ރޯވި އަލިފާން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ފަޔާ ފައިޓަރުން ނިއްވާލާފައި ވަނީ 06:23 ހާއިރު އެވެ.

ހާދިސާ ހިނގި ސަރަހައްދު ބަންދުކޮށް، ފުލުހުންނާއި އެމްއެންޑީއެފްއިން އަންނަނީ ހަރަކާތްތެރި ވަމުންނެވެ.