Advertisement

މާލޭގެ އިމާރާތެއްގައި ރޯވެއްޖެ

2 މާރިޗު 2024 - 18:50 0

މާލޭގެ މަޖީދީ މަގުގައި، އިބްރާހީމީ މިސްކިތް ކައިރީ ހުރި ގެއެއްގައި ރޯވެ އަނދަނީ. ފޮޓޯ:ލީވާން އަލީ ނަސީރު/އަދަދު


މާލޭގެ އިމާރާތެއްގައި ރޯވެއްޖެ

2 މާރިޗު 2024 - 18:50 0

މާލޭގައި މީހުން ދިރިއުޅޭ އިމާރާތެއްގައި ވަރަށް ބޮޑަށް އަލިފާން ރޯވެ، އަނދަމުން އެބަ ދެ އެވެ.

އޭޑީކޭ ކައިރީގައި ހުރި އެ އިމާރާތުގައި ރޯވި އަލިފާން ނިއްވުމުގެ މަސައްކަތް ސިފައިން ކުރަމުން އަންނަ އިރު އެ ސަރަހައްދުގައި ހުރި ބައެއް ގެތަކުން މީހުން ވަނީ ނެރެފަ އެެވެ.

އެމްއެންޑީއެފް ގެ މީޑިއާ އޮފިސަރް ވިދާޅުވީ އެހާދިސާގައި މީހަކަށް އަނިޔާވިކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ. އެ ސަރަހައްދުގައި މިވަގުތު ތިބި "އަދަދު"ގެ ނޫސްވެެރިން މައުލޫމާތު ދިން ގޮތުގައި ދުުމުގެ އަސަރުކޮށްގެން ބައެއް މީހުން ހޮސްޕިޓަލަށް ވެސް ގެންދިޔަ އެެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރް ވިދާޅުވި ގޮތުގައި އަލިފާން ރޯވީ ހ. ސަންގްރޭޒް، ފުރަތަަ ފަންގިފިލާގަ އެެެވެ. އެ ގޭގައި ރޯވި އަލިފާންގަނޑު 6:23 އެެހާކަށް ހާއިރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެެ.