Advertisement

ޝަރުއީ ދާއިރާއަށް ބޮޑު އިންގިލާބެއް، ޝަރީއަތުގައި ދައްކާ ވާހަކަ އޮޓޯ ލިޔެވޭ ސޮފްޓްވެއާ "ކޭލި" ތައާރަފުކޮށްފި

2 މާރިޗު 2024 - 10:58 2

ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ރައީސް ހިސާން ހުސައިން. ކޭލި ސޮފްޓްވެއާ އުފެއްދީ ޑީޖޭއޭ އާއި ޖޭއެސްސީން ބޮޑެތި މަސައްކަތްތަކެއް ކޮށްގެން. ފޮޓޯ:މިރާން ނާޝިމް މި


ޝަރުއީ ދާއިރާއަށް ބޮޑު އިންގިލާބެއް، ޝަރީއަތުގައި ދައްކާ ވާހަކަ އޮޓޯ ލިޔެވޭ ސޮފްޓްވެއާ "ކޭލި" ތައާރަފުކޮށްފި

2 މާރިޗު 2024 - 10:58 2

ޝަރުއީ ދާއިރާގެ ހިދުމަތް އަދި މައްސަލަ ނިންމުން އެތައް ގުނައަކުން އަވަސް ވެގެން ދާނެ ބޮޑު އިންގިލާބެއް ގެނެސްދީ، ދިވެހި ބަހުން ދައްކާ ވާހަކަ ތާނައިން ލިޔެވޭ ސްޕީޗް ޓު ޓެކްސްޓު ސްފޮޓްވެއާ "ކޭލި" މިއަދު ތައާރަފުކޮށްފި އެވެ.

މައްސަލަތަކުގެ އަޑުއެހުންތަކުގައި ދައްކާ ވާހަކަތައް، މަހުޟަރު ބަޔާންތައް ގޮތުގައި މިހާރު ލިޔަނީ އަޑުއެހުން ރެކޯޑުކޮށް، ދައްކާ ވާހަކަތައް ލިޔަނީ އިދާރީ މުވައްޒަފުން އެ ރެކޯޑިންތައް އަޑުއަހައިގެނެވެ. ފަސް މިނެޓާއި ހަތް މިނެޓާ ދެމެދުގެ ރެކޯޑިިންއެއް މެނުއަލްކޮށް ޓައިޕް ކުރަން އާންމު ގޮތެއްގައި ބައިގަޑިއިރު ހޭދަވެ އެވެ.

ޓެކްނޮލޮޖީގެ ބޭނުންކޮށްގެން އެ ކަން ހައްލުކުރަން ނިންމީ 2021، ގަ އެވެ.

ތިން އަހަރު ދުވަހުގެ ތެރޭގައި، ދިވެހި ޑިވެލޮޕަރުންގެ ޓީމެއްގެ ބުރަ މަސައްކަތުން ތައްޔާރުކުރި މި ސޮފްޓްވެއާ މިއަދު އިފްތިތާހު ކުރީ، ދަރުމަވަންތަ ހޮސްޕިޓަލުގެ އުޑުވިލާ ކޮންފެރެންސް ހޯލުގައި ބޭއްވި ރަސްމިއްޔާތެއްގައި، އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނެވެ.

ޝަރީއަތުގައި ދައްކާ ވާހަކަ އޮޓޯއިން ލިޔެވޭ "ކޭލި ސޮފްޓްވެއާ" އުއްތަމަ ފަނޑިޔާރު ލޯންޗްކޮށްދެއްވަނީ



"ކޭލި"، ސްޕީޗް-ޓު-ޓެކްސްޓް ސޮފްޓްވެއާ ބޭނުން ކުރަން ފެށުމާއެކު، ރެކޯޑިންތައް އަކުރުން އަކުރަށް ލިޔުމަށް ހޭދަވާ ވަގުތު އެތައް ގުނައަކަށް ކުޑަވާނެ އެވެ.

ކޯޓުތަކުގައި ހަލުވިކަމާއެކު ދުވަހުން ދުވަހަށް ބަޔާންތައް ނިންމުމުގެ މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ އެވެ. އަދި، ކޯޓުތަކުގައި ހިންގާ ޝަރީއަތްތަކުގެ މަޙްޟަރު ބަޔާންތައް ނުލިޔެވުމުގެ ސަބަބުން، ޝަރީއަތްތައް ލަސްވާ މައްސަލައަށް އެދެވޭ ހައްލެއް ލިބިގެން ދާނެ އެވެ.

މައްސަލަތައް ނިންމުމަށް ހޭދަވާ ވަގުތު ކުޑަކުރެވި، ޝަރީޢަތް ނިމެންދެން ބަންދުގައި ތިބޭ މީހުންގެ މައްސަލައަށް ވެސް ކޮންމެ ވެސް މިންވަރެއްގެ ލުޔެއް ލިބިގެންދާނެ އެވެ.

2021 ވަނަ އަހަރު 1597 ގަޑިއިރު އަދި 2022 ވަނަ އަހަރު 2354 ގަޑިއިރުގެ ރެކޯޑްކުރެވިފައިވާ އަޑުއެހުންތައް މަޙްޟަރުކުރަން ޖެހިފައިވާ ކަމަށް އެ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.