Advertisement

އެއާ އެމްބިއުލާންސަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށްދެނީ އުރީދޫ އިން

2 މާރިޗު 2024 - 12:21 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މޯލްޑިވިއަން އިން އޮޕަރޭޓްކުރާ އެއާ އެމްބިއުލާންސް -- ފޮޓޯ: މޯލްޑިވިއަން


އެއާ އެމްބިއުލާންސަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށްދެނީ އުރީދޫ އިން

2 މާރިޗު 2024 - 12:21 0

އެއާ އެމްބިއުލާންސް ފްލައިޓަށް ބޭނުންވާ މެޑިކަލް ވަސީލަތްތައް ގާއިމުކޮށްދިނީ އުރީދޫއިންކަން "އަދަދު" އަށް އެނގިއްޖެ އެވެ.

އިތުބާރު ހުރި މަސްދަރަކުން "އަދަދު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެއާ އެމްބިއުލާންސްގައި ބަހައްޓާ މެޑިކަލް ބައެއް ވަސީލަތްތައް މިހާރު ގެނެސް ގާއިމު ކޮށްފައިވާއިރު، ބައެއް ވަސީލަތްތައް އަދި ގާއިމު ނުކުރެ އެވެ.

އެއާ އެމްބިއުލާންސްގެ ހިދުމަތް އިއްޔެ ފެށީ ފްލައިޓުގައި ގާއިމުކުރަން ޖެހޭ ހުރިހާ ވަސީލަތްތައް ގާއިމު ނުކޮށް ކަމަށްވެސް މައުލޫމާތު ވަނީ ލިބިފަ އެވެ.

މޯލްޑިވިއަންގެ މީޑިއާ އޮފިޝަލް "އަދަދު" އަށް ވިދާޅުވީ އެއާ އެމްބިއުލާންސްގައި ގާއިމުކުރާ މެޑިކަލް ވަސީލަތްތައް ގާއިމުކުރާނީ އުރީދޫއިން ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެއާ އެމްބިއުލާންސްގައި ގާއިމުކުރާ މެޑިކަލް ވަސީލަތްތަކުގެ އަގު 16 މިލިއަން ރުފިޔާއަށް އަރަ އެވެ. އެއާ އެމްބިއުލާންސްގައި މެޑިކަލް ވަސީލަތްތައް ގާއިމު ކުރަން އުރީދޫއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ފްލައިޓުގައި އުރީދޫގެ ލޯގޯ ޖަހަން ޖެހޭއިރު، މިހާތަނަށް އެކަން އެގޮތަށް ކޮށްފައެއް ނުވެއެވެ.

އެއާ އެމްބިއުލާންސް އުދުހެން ފަށާފައިވާއިރު ސަރުކާރުން އެ ފްލައިޓުގެ އެތެރެ ރަނގަޅަށް ދައްކާފައި ނުވާއިރު، މައުލޫމާތު ލިބޭ ގޮތުގައި ފްލައިޓުގެ އެތެރޭގައި ހުރި ގިނަ ގޮނޑިތައް އަދިވެސް ހުރީ ނުނަގަ އެވެ.

އެ ބޯޓުތަކުގައި ޑޮކްޓަރުންނާއި ނަރުހުން ހިމެނޭހެން އަވަސް ފަރުވާ ދިނުމަށް ތަމްރީނުކޮށްފައި ތިބި 15 ހިދުމަތްތެރިން ހަރަކާތްތެރިވާއިރު، ބަލި މީހުން އުފުލާނީ އެންމެ ކައިރީގައި ހުންނަ ޓާޝަރީ ހޮސްޕިޓަލަށެވެ.