Advertisement

ހާލަންޑްގެ ފަސް ގޯލާ އެކު ސިޓީ ކުއާޓާ އަށް

28 ފެބުރުވަރީ 2024 - 10:24 0


ހާލަންޑްގެ ފަސް ގޯލާ އެކު ސިޓީ ކުއާޓާ އަށް

28 ފެބުރުވަރީ 2024 - 10:24 0

ލަންޑަން (ފެބްރުއަރީ 28) - އިނގިރޭސި އެފްއޭ ކަޕްގެ ގަދަ 16 ޓީމުގެ ބުރުގައި ލޫޓަން ޓައުން އަތުން 6-2 އިން މޮޅުވެ، މެންޗެސްޓާ ސިޓީން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ލޫޓަން ދަނޑުގައި ރޭ ކުޅުނު މެޗުގައި ސިޓީގެ އާލިން ބްރައުޓް ހާލަންޑް ވަނީ ފަސް ގޯލު ޖަހައިފަ އެވެ. ހާލަންޑް ވަނީ ފުރަތަމަ ހާފުގައި ހެޓްރިކެއް ހަދައިފަ އެވެ. އަނެއް ދެ ގޯލު ޖެހީ ދެ ވަނަ ހާފުގަ އެވެ. ސިޓީގެ އަނެއް ގޯލު ޖެހީ މަޓެއޯ ކޮވަސިޗް އެވެ.

މިއީ، ސިޓީގެ މެޗެއްގައި ހާލަންޑްގެ ފަރާތުން ފަސް ގޯލު ފެނުނު ދެ ވަނަ ފަހަރެވެ. ހާލަންޑް ވަނީ، މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި ޖަރުމަނުގެ އާރްބީ ލައިޕްޒިގު ކޮޅަށް ވެސް ފަސް ގޯލު ޖަހައިފަ އެވެ. މި މެޗުގެ ގޯލުތަކާ އެކު، ހާލަންޑް މި ވަނީ ސިޓީ އަށް ކުޅުނު 83 މެޗުން 79 ގޯލު ޖަހައިފަ އެވެ.

ރޭގެ މެޗުގައި ހާލަންޑް ޖެހި ފުރަތަމަ ހަތަރު ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ، ކެވިން ޑި ބްރޭނާ އެވެ. ކޮވަސިޗްގެ ގޯލަށް ބޯޅަ ދިނީ ޖޯން ސްޓޯންސް އެވެ.

އެންމެ ފަހުގެ ޗެމްޕިއަން، ސިޓީ ކޮޅަށް ލޫޓަންގެ ދެ ގޯލު ވެސް ޖެހީ ޖޯޑަން ކްލާކް އެވެ.

އެފްއޭ ކަޕްގައި ރޭ ބޯންމައުތު ދަނޑުގައި 1-0 އިން ލެސްޓާ ސިޓީ ވަނީ މޮޅުވެފަ އެވެ. ބެލްކްބާން އާއި ނިއުކާސަލް ކުޅުނު މެޗު 1-1 އިން އެއްވަރުވިއިރު، ޕެނަލްޓީ ޖަހައިގެން ނިއުކާސަލް ވަނީ 4-3 އިން މޮޅުވެފަ އެވެ.