Advertisement

މާލޭގެ ފިހާރައެއްގައި ރޯވި އަލިފާން އެމްއެންޑީއެފުން ނިންވާލައިފި

28 ފެބުރުވަރީ 2024 - 08:29 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މާލޭ ފިހާރައެއްގައި ރޯވި އަލިފާން އެމްއެންޑީއެފް އިން ނިއްވާލުން -- ފޮޓޯ؛ އެމްއެންޑީއެފް


މާލޭގެ ފިހާރައެއްގައި ރޯވި އަލިފާން އެމްއެންޑީއެފުން ނިންވާލައިފި

28 ފެބުރުވަރީ 2024 - 08:29 0

މާލޭގެ ފިހާރައެއްގައި ރޭ މެންދަމު އަލިފާން ރޯވެފައި ހުއްޓާ ބަޔަކު ރިޕޯޓުކުރުމުން، އެމްއެންޑީއެފުން ގޮސް އެ އަލިފާން ނިއްވާލައިފި އެވެ.

އެމްއެންޑީއެފްއިން ބުނީ މ.ކޯޒީ ލޮޖްގެ ގުރައުންޑް ފުލޯގައި ހުރި ކައިޓިއަ ފިހާރައިން ދުން އަރާކަމުގެ މައުލޫމާތު ލިބުނީ ރޭ 3:28 ގައި ކަމަށާއި، އެ މައުލޫމާތު ލިބުމާއެކު އެ ސަރަހައްދަށް ދިޔަ ކަމަށެވެ.

އެ ފިހާރަ ތަޅުލާފައި ހުރުމުން ފަޔާ އެންޑް ރެސްކިއު ޓީމުން އެ ތަނަށް ވަނީ ބިއްލޫރިގަނޑު ތަޅައިލުމަށް ފަހު އެވެ. ރޯވެފައި ހުރި އަލިފާންގަނޑު ނިއްވާލީ 4:15 ހާއިރު އެވެ.

މި ހާދިސާގައި ފިހާރައިގައި ހުރި ބައެއް މުދަލަށް ގެއްލުން ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. ނަމަވެސް ފިހާރަ ބަންދުކޮށްފައި ހުރި ވަގުތަކަށް ވުމާއެކު ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.