Advertisement

އެޕަލްއިން އިލެކްޓްރިކް ކާރު އުފެއްދުމުގެ ހިޔާލު ދޫކޮށްލައިފި

28 ފެބުރުވަރީ 2024 - 17:12 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެޕަލްގެ އޮފީހެއްގައި އެ ކުންފުނީގެ މަޝްހޫރު ލޯގޯ: އެޕަލްއަކީ ދުނިޔޭގެ އެންމެ މުއްސަނދި އެއް ކުންފުނި -- ފޮޓޯ: ގެޓީ


އެޕަލްއިން އިލެކްޓްރިކް ކާރު އުފެއްދުމުގެ ހިޔާލު ދޫކޮށްލައިފި

28 ފެބުރުވަރީ 2024 - 17:12 0

އެޕަލް ކުންފުނިން އިލެކްޓްރިކް ކާރު އުފެއްދުމުގެ ހިޔާލު ދޫކޮށްލާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އެ ކުންފުނިން އިލެކްޓްރިކް ކާރެއް އުފެއްދުމަށް މަސައްކަތް ކުރަން މުވައްޒަފުންތަކެއް ނަގައިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓު ކުރަން ފެށީ 2021 އިން ފެށިގެންނެވެ.

ނަމަވެސް އެޕަލް ކުންފުނިން މިހާތަނަށް ކާރު އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރަސްމީކޮށް ބުނެފައި ނުވާއިރު، އެ ޕްރޮޖެކްޓް މިހާރު އެއްކޮށް ހުއްޓާލާފައިވާ ކަމަށް މިހާރުގެ ރިޕޯޓްތައް ބުނެ އެވެ.

މި މަސައްކަތް ހުއްޓާލަން ނިންމި ނަމަވެސް އެޕަލްއިން ވަނީ ކާރު އުފެއްދުމާ ގުޅޭ ގޮތުން ބައެއް ކުންފުނިތަކާ މަޝްވަރާކޮށް، ކާރު އުފެއްދޭނެ ގޮތްތަކެއް ފާއިތުވި އަހަރުތަކުގައި ބަލާފައި ކަމަށް ވެސް މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި ކާރު އުފެއްދުމުގެ ހިޔާލު ދޫކޮށްލި ނިންމުން އެޕަލް ކުންފުނިން އެ ކުންފުނީގެ އިސްވެރިންނާ ހިއްސާކުރީ އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމެއްގެ ތެރެއިންނެވެ.

އިލެކްޓްރިކް ކާރު އުފެއްދުމަށް އެޕަލްއިން ބިލިއަން ޑޮލަރު ހަރަދު ކުރި ކަމަށް ރިޕޯޓްތައް ބުނާއިރު، ކާރު އުފެއްދުމަށް އެ ކުންފުނިން މަސައްކަތް ކުރާ ކަމަށް އަޑު ފެތުރުމުން ކުންފުނީގެ ހިއްސާގެ އަގު ވެސް މަތިވި އެވެ.