Advertisement

ސަރުކާރުގެ ޓްރޭޑް ވަފުދު ޖުލައި 10 ގައި އެމެރިކާއަށް ދާނެ: ސައީދު

27 ފެބުރުވަރީ 2024 - 18:35 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ސަރުކާރުގެ ޓްރޭޑް ވަފުދެއް މެއި މަހު ލަންޑަނަށް ދާނެކަމަށް ވިދާޅުވި----


ސަރުކާރުގެ ޓްރޭޑް ވަފުދު ޖުލައި 10 ގައި އެމެރިކާއަށް ދާނެ: ސައީދު

27 ފެބުރުވަރީ 2024 - 18:35 0

ސަރުކާރުގެ ފަރާތުން އެމެރިކާއަށް ދާ ޓްރޭޑް ވަފުދު އަންނަ ޖުލައި މަހުގެ 10 ވަނަ ދުވަހު އެމެރިކާގެ ވެރިރަށް ވޮޝިންޓަން އަށް ދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު ރާއްޖޭގެ އުތުރަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ށ. މިލަންދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުން ސައީދު ވަނީ މިއީ ތާރީހުގައިވެސް އެމެރިކާއަށް ރާއްޖޭގެ ޓްރޭޑް ވަފުދެއް ދާ ފުރުތަމަ ފަހަރުކަން ފާހަގަކުރައްވާފަ އެވެ.

ހަމައެއާ އެކު، މާލީ ކަންކަމުގައި ދެން ރާއްޖެ ބައްޓަންކުރާނެ ޒަމާނީ ހައްލު ހޯދުމަށް އެންމެ ކުރިއަރާފައިވާ މާލީ ނިޒާމުތަކާ ވާހަ ދައްކަން އިނގެރޭސިވިލާތުގެ ވެރި ރަށް ލަންޑަނަށް ވެސް ސަރުކާރުގެ ވަފުދެއް ދާނެ ކަމަށާއި އެ ވަފުދު ދާނީ އަންނަ މޭ މަހުގެ 15 ވަނަ ދުވަހުގައި ކަމަށް ސައީދު ވިދާޅުވި އެވެ.

"ޖުލައި 10 ވަނަ ދުވަހު ދިވެހިރާއްޖެއިން ފުރަތަމަ ފަހަރަށް، އަޅުގަނޑު މައުލޫމާތު ކުށް ކަމަށް ނުވަންޏާ، ޓްރޭޑް ޑެލިގޭޝަނެއް އެމެރިކާގެ ވެރިރަށް ވޮޝިންޓަން އަށް ދާނެ. އެކަން ރައީސުލްޖުމްހޫރިއްޔާ އަށްޓަކައި އެމެރިކާގެ ސަރުކާރުން ވަނީ ފަހިކޮށްދީފައި،" އޭނާ ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ މި ސަރުކާރަށް ތިން މަސް ވެގެންދިޔަ ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށާއި ރާއްޖެއަށް އަހަރު ދުވަހަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި އޭގެ އިތުރުން ދިހަ ޕަސަންޓް އިތުރަށް ކާޑުގެ ބާވަތްތައް ތުރުކީން އެތެރެކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު އެކުވެރި އެހެން ގައުމުތަކުންވެސް ކާޑުގެ ބާވަތްތައް ލިބޭނެ މަގު ފަހިވެފައިވާ ކަމަށެވެ.

"ތުރުކީ އާއެކު ފްރީ ޓްރޭޑް އެގްރީމަންޓަކަށް މިހާރު ކުރެވުނު މަސައްކަތުގެ ނަތީޖާ އަކީ، ތުރުކީއާއެކު 35 ބާވަތެއްގެ މުދާ ވާނީ ކަނޑައެޅިފަ، ހަމަ އެގޮތަށް ތުރުކީ ސަރުކާރުންވެސް ހަމަ އެ އަދަދަށް ފްރީ ޓްރޭޑް އެގްރީމަންޓަކަށް ދާން ލިސްޓެއް ތައްޔާރު ކުރެވިފައި ވަނީ، އަޅުގަނޑުމެން މި ބަލަނީ ދެން ރައީސް ކުރައްވާ ދަތުރުފުޅެއްގެ ކުރިން އެކަން ނިންމޭތޯ،" ސައީދު ވިދާޅުވި އެވެ.

އަދި މިސްރު ސަރުކާރަށްވެސް ބައެއް ސާމާނު އެތެރެކުރަން ލިޔެފައިވާކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ އެހެން އަހަރުތަކެކޭވެސް އެއްގޮތަށް ރޯދަމަހުގައި ކާބޯތަކެތީގެ އަގު ބޮޑުވިޔަ ނުދިނުމަށް ރައީސް މުއިއްޒުގެ ލަފާގެ ދަށުން ވޯކިން ކޮމިޓީއެއް ހަދައިގެން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

އެމެރިކާއިން ރާއްޖެއަށް އިމްޕޯޓް ކުރާ މުދާ މިދިޔަ ތިން އަހަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން، 2022 ވަނަ އަހަރު 99 މިލިއަން ޑޮލަރުގެ މުދާ އެމެރިކާއިން ރާއްޖެއަށް އެތެރެ ކުރި އެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 140 ޕަސެންޓުގެ ކުރިއެރުމެކެވެ. ދިވެހިރާއްޖެއިން 2022 ވަނަ އަހަރު 17 މިލިއަން ޑޮލަރުގެ މުދާ އެމެރިކާއަށް އެކްސްޕޯޓު ކުރި އެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 19 ޕަސެންޓުގެ ކުރިއެރުމެކެވެ.