Advertisement

ޕްރައިމަރީން ބަލިވުމުން މަޖިލީހަށް އަމިއްލަ ގޮތުން ވާދަކުރާ ނަބީލްއަށް ޑެޕިއުޓީ މިނިސްޓަރުކަން

27 ފެބުރުވަރީ 2024 - 14:01 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ރައީސް މުއިއްޒުގެ ކެމްޕޭނު ހަރަކާތެއްގައި ނަބީލް ވާހަކަދައްކަނީ -- ފޮޓޯ: ސޯޝަލްމީޑިއާ


ޕްރައިމަރީން ބަލިވުމުން މަޖިލީހަށް އަމިއްލަ ގޮތުން ވާދަކުރާ ނަބީލްއަށް ޑެޕިއުޓީ މިނިސްޓަރުކަން

27 ފެބުރުވަރީ 2024 - 14:01 0

ޕީއެންސީ ޕްރައިމަރީން ނާކާމިޔާބުވުމުން ށ. މިލަންދޫ ދާއިރާއަށް އަމިއްލަގޮތުން ވާދަކުރާ ކެންޑިޑޭޓު، ނަބީލް ޒަމީލްއަށް ތިމާވެއްޓާ ބެހޭ މިނިސްޓަރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ދީފި އެވެ.

ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމު ނަބީލްއަށް ދިންކަން އޭނާ ވަނީ ސޯޝަލްމީ ޑިއާގައި ކުރި ޕޯސްޓެއްގައި ހާމަކޮށްފަ އެވެ.

ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމަށް ނަބީލް އައްޔަން ކުރިއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިސްތިސްނާ ހާލަތެއްގައި ނޫން ގޮތަކަށް ސިޔާސީ އިސް މަގާމުތަކަށް މީހުން އައްޔަން ނުކުރަން ނިންމަވާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ނަބީލްއަކީ މިލަންދޫ ދާއިރާގެ ޕީއެންސީ މަޖިލިސް ޕްރައިމަރީގައި ވާދަކުރި ކެންޑިޑޭޓެކެވެ. އަމިއްލަ ގޮތުން މަޖިލީހަށް ވާދަކުރަން ނަބީލް ނިންމީ، ޕްރައިމަރީން ނާކާމިޔާބުވުމުންނެވެ. އަމިއްލަ ގޮތުން ނަބީލް މަޖިލީހަށް ވާދަކުރަން ހުށަހެޅިއިރު ރައީސް ޔާމީންގެ ޕީއެންއެފްއިން ދިޔައީ ފާއިތުވި ދުވަސްތަކުގައި ނަބީލްއަށް ކެމްޕޭނު ވެސް ކޮށްދެމުންނެވެ.

"އަޅުގަނޑު ޕާޓީން ވަކި ނުވަން, ސެނެޓުން ވެސް ވަކި ނުވަން. އަޅުގަނޑުމެން ގެނައި ސަރުކާރު ވެސް ދަމަހައްޓާނީ އަޅުގަނޑުމެން. ޑރ. މުއިއްޒުގެ މި ސަރުކާރު ބަލިކަށިކުރަން ޖާގައެއް ނެތް. އެމްޑީޕީ ފިކުރު އެއީ ދަންނަ ފިކުރެއް ނޫން," މި ހަބަރު ޝާއިއު ކުރި ފަހުން "އަދަދު" ނޫހަށް ފޮނުވި މެސެޖެއްގައި ނަބީލް ވިދާޅުވި އެވެ.

ނަބީލްއަކީ މި ސަރުކާރު ގެނައުމުގައި ވެސް ބުރަ މަސައްކަތްތަކެއް ކުރި މީހެކެވެ. އޭނާއަށް ޑެޕިއުޓީ މިނިސްޓަރުކަން ދިންއިރު، އެ ދާއިރާއަށް ޕީއެންސީގެ ފަރާތުން ވަދަކުރާ ކެންޑިޑޭޓަކު ހުރުމުން، އެ ދާއިރާގައި ވަނީ ހިޔާލުތަފާތުވުންތަކެއް އުފެދިފަ އެވެ.

ސިޔާސީ މަގާމެއް ނަބީލްއަށް ސަރުކާރުން ދިން ނަމަވެސް މަޖިލީހަށް ވާދަކުރުމަށް ނަން ހުށަހެޅި މެންބަރުންގެ ތެރެއިން ނަން އަނބުރާ ގެންދަން ބޭނުންވާ މެންބަރުންނަށް އިލެކްޝަނުން ދީފައި އޮތް މުއްދަތު ހަމަވެފައިވާތީ އެ ދާއިރާގެ ވޯޓު ކަރުދާހުގައި ނަބީލްގެ ނަން އޮންނާނެ އެވެ.