Advertisement

އިދިކޮޅުން އިސް ކުރަނީ އެހެން ފަރާތެއްގެ މަސްލަހަތު: ރައީސް

27 ފެބުރުވަރީ 2024 - 13:03 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައީސް ޑރ.މުހައްމަދު މުއިއްޒު ށ.ކަނޑިތީމުގައި މިއަދު ވާހަކަފުޅުދައްކަވަނީ. ފޮޓޯ:ރައީސް އޮފީސް


އިދިކޮޅުން އިސް ކުރަނީ އެހެން ފަރާތެއްގެ މަސްލަހަތު: ރައީސް

27 ފެބުރުވަރީ 2024 - 13:03 0

މިހާރުގެ އިދިކޮޅު ޕާޓީން (އެމްޑީޕީން) އިސްކުރަނީ "މުޅިން އެހެން ފަރާތެއް" ގެ މަސްލަހަތެއް ކަމަށް ވިދާޅުވެ، އެޕާޓީ އަކީ ގައުމާ ދެކޮޅު ބައެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަނެއްކާ ވެސް ސިފަކުރައްވައިފި އެވެ.

އުތުރުގެ ހަތަރު އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ށ. ކަނޑިތީމުގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ރައީސް ތުހުމަތުކުރެއްވީ ރާއްޖޭގެ އިދިކޮޅު ޕާޓީން މިދިޔަ ތިން މަސްދުވަހު މަސައްކަތް ކުރި ގޮތަށް ބަލާއިރު ފެންނަން އޮޮތީ މުޅިން އެހެން ފަރާތެއްގެ މަސްލަހަތު ހިމާޔަތްކުރުމުގެ އެޖެންޑާއެއް ކަަަމަށެވެ. އެޕާޓީގެ ވެރިކަމުގައި ވެސް މަސައްކަތްކުރީ އެގޮތަށް ކަަަމަށް ވެސް އެމަނިކުފާނު ތުހުމަތުކުރެއްވި އެވެ.

"މިހާރުގެ އިދިކޮޅު ޕާޓީން، ވަރަށް ބޮޑަށް ޕާޓީ ލައިން ނަގަނީ ކަންކަމުގައި، ތަރައްގީގެ ވިސްނުމެއް ނޫން، ގައުމަށް ފައިދާހުރި ކަންކަމެއް ނޫން، އެ ފަރާތްތަކުގެ އަމިއްލަ ވަކި މަސްލަހަތުތަކެއް. އަދި އަމުދުން މިހާރު ފެންނަ ގޮތަށް މިދިޔަ ތިން މަސްދުވަހުގެ ތެރޭގައި ކަންކަން ފެނުނު ގޮތުން ވިއްޔާ، އަދި އޭގެ ކުރިން އެ ބޭފުޅުން ވެރިކަމުގައި ތިބި އިރުގައި ގައުމާ ދޭތެރޭގައި ކަންތައް ކުރިގޮތަށް ބަލާއިރުގައި، މުޅިން އެހެން ފަރާތެއްގެ މާބޮޑު މަސްލަހަތެއް ހިމާޔަތްކުރުުމުގެ އެޖެންޑާއެއް ގެންގުޅެނީ،" ރައީސް ވިދާޅުވި އެވެ.

އެ މޭރުމުން ވާހަކަ ދައްކަވަމުން އެމަނިކުފާނު އެދިވަޑައިގެންނެވީ "އާއިލީ މަސްލަހަތާއި ޕާޓީ މަސްލަހަތު" ގެ ބަދަލުގައި ތަރައްގީއަށް ކުރަން ހުރި ކަންކަމުގައި ކުރިއަށް ދެވޭނެ މަގު ފަހިކޮށްދިނުމަށެވެ.