Advertisement

ފިލްމީ ތަރި ޝާކިރު ނިޔާވެއްޖެ

27 ފެބުރުވަރީ 2024 - 02:28 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

އިބްރާހިމް ޝާކިރު


ފިލްމީ ތަރި ޝާކިރު ނިޔާވެއްޖެ

27 ފެބުރުވަރީ 2024 - 02:28 0

މަޝްހޫރު ފިލްމީ ތަރި އިބްރާހިމް ޝާކިރު (ޝާކިރުބެ) އުމުރުން 85 އަހަރުގައި މިރޭ ނިޔާވެއްޖެ އެވެ.

"އަދަދު" ނޫހާ ވާހަކަ ދެއްކި އެ އާއިލާގެ މެމްބަރު ބުނީ ޝާކިރު ނިޔާވީ ސްޓްރޯކެއް ޖެހިގެން އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށެވެ.

ޝާކިރުގެ ކަށުނަމާދު އޮންނާނީ މާދަމާ (ފެބްރުއަރީ 27) މެންދުރު ނަމާދަށް ފަހު ހުޅުމާލޭގެ ސަހަރާ މިސްކިތުގަ އެވެ.

ސާޅީހަށް ވުރެ ގިނަ ޑްރާމާއި ދިހަ ވަރަކަށް ފިލްމު ކުޅެފައިވާ ޝާކިރު ސްކްރީނުން ފެނިގެން ދިޔައީ ޓީވީއެމްގެ ޑިއުޓީ އޮފިސަރެއްގެ ވަޒީފާގައި އުޅުނު ދުވަސްވަރު އެވެ. އެއީ 1991 ގައި ޓީވީއެމްއިން އުފެއްދި ޑްރާމާއަކުންނެވެ. އެއަށް ފަހު ޑްރާމާތަކުންނާއި ފިލްމުތަކުގެ މުހިއްމު ރޯލްތައް ކުޅެފައިވެ އެވެ.

އޭގެ ތެރޭގައި ޓީވީއެމްއިން ގެނެސްދިން ސިލްސިލާ، ކައްތިރި އަދި ޔޫސުފް ރަފީއު (ޔޫސޭ) ގެ "ދިރިއުޅުމަކީ މިއީބާ؟" ހިމެނެ އެވެ.

ޝާކިރަކީ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމްގެ ބައްޕަ އެވެ. އޭނާގެ ދަރިއަކަށް ހުންނަނީ ވެސް ޝިޔާމް އެކަންޏެވެ.

ޝާކިރުގެ އަންހެނުން، ފަންނުގެ ދާއިރާތަކުން ފާހަގަކޮށްލެވޭ ކުރަހާ ޒަރީނާ ނިޔާވީ 2017 ވަނަ އަހަރު އެވެ.