Advertisement

އާން، އަމިއްލަ އަތުގައި އޮތް ރެކޯޑެއް އާ ކޮށްފި

26 ފެބުރުވަރީ 2024 - 22:56 0

ރާއްޖޭގެ ހުނަރުވެރި ފެތުންތެރިޔާ، އާން: އަނިޔާ އިިން ރަނގަޅުވެ، ކުރީގެ ލެވަލަށް ދާން އަންނަނީ މަސައްކަތް ކުރަމުން.--- ފޮޓޯ: އަަދަދު


އާން، އަމިއްލަ އަތުގައި އޮތް ރެކޯޑެއް އާ ކޮށްފި

26 ފެބުރުވަރީ 2024 - 22:56 0

ގައުމީ ފެތުންތެރިޔާ، މުހައްމަދު އާން ހުސެއިން، އޭނާ އަތުގައި މީގެ ކުރިން ވެސް އޮތް، ފިރިހެނުންގެ ލޯންގްކޯސް 50 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑް އާކޮށްފި އެވެ.

ފިލިޕީންސްގެ ނިއު ކްލާކް ސިޓީގައި މިހާރު ކުރިއަށްދާ 11 ވަނަ އޭޝިއަން އޭޖް ގްރޫޕް އެކުއަޓިކްސް ޗެމްޕިއަންޝިޕް ގައި އާން މި ރެކޯޑް އާކޮށްފައިވަނީ 00.29.51 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ.

މި ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ ވެސް އާން އެވެ. އެއީ، 2022 ވަނަ އަހަރު ބޭއްވުނު 19 ވަނަ ފީނާ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ވާދަކޮށްގެންނެވެ. އެ ފަހަރުގެ އާން ރެކޯޑް ހެދި ޓައިމިން އަކީ 00.29.57 އެވެ. އެހެންކަމުން، މިއީ ހަނި ފަރަގަކުން އާން، އާ ކޮށްފައިވާ ރެކޯޑެކެވެ.

ޖުމްލަ އެކު، 28 ދިވެހި ފެތުންތެރިން މ ފިލިޕީންސްގެ ނިއު ކްލާކް ސިޓީގައި މިހާރު ކުރިއަށްދާ 11 ވަނަ އޭޝިއަން އޭޖް ގްރޫޕް އެކުއަޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރެއެވެ. އާން މި އާ ކުރީ، ދިވެހި ފެތުންތެރިން މި މުބާރާތުގައި އާކުރި ފުރަތަމަ ޤައުމީ ރެކޯޑެވެ.

އަނިޔާއިން ރަނގަޅުވެ، ކުރީގެ ފޯމަށް އެނބުރި އަންނަން އާން އަންނަނީ ރަނގަޅު މަސައްކަތްތަކެއް ކުރަމުންނެވެ.

ދާދި ފަހުން، ގަތަރުގެ ދޯހާގައި ކުރިއަށްދިޔަ 21 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ވާދަކުރި ގައުމީ ހަތަރު ފެތުންތެރިން، ވަނީ ގައުމީ ހަތް ރެކޯޑެއް އާ ކޮށްފަ އެވެ. ވޯލްޑް އެކުއަޓިކްސް މުބާރާތުގައި، ރެކޯޑް ހެދި ފެތުންތެރިންނަކީ، ހަމްނާ އަޙްމަދު، މުބާލް އައްޒާމް އިބްރާޙީމް، މުހައްމަދު ރިހާން ޝިހާމް އަދި އައިޝަތު އުލްޔާ ޝާއިގް އެވެ. މުބާލް އާއި ރިހާން، ކޮންމެ އެތުލީޓަކު، ދެ އިންޑިިވިޖުއަލް ރެކޯޑް ހެދިއިރު، އުލްޔާ ވެސް ވަނީ ފުރަތަމަ ފަހަރަށް ގައުމީ ރެކޯޑެއް ހާސިލްކޮށްފަ އެވެ. އަނެއް ދެ ރެކޯޑަކީ، މިކްސް ރިލޭ ދެ އިވެންޓެވެ.