Advertisement

ޖެނުއަރީ 14، ގެ ނިޔަލަށް މަސްވެރިންނަށް ދޭންޖެހޭ ފައިސާ މިއަދު ދެނީ

26 ފެބުރުވަރީ 2024 - 18:38 0

މަސްވެރިންގެ މުޒާހަރާގެ ތެރެއިން: ދޫކުރާ ފައިސާގެ އަދަދު ސަރުކާރަކުން ނުބުނޭ -- ފޮޓޯ: އަހުމަދު އާއިދު


ޖެނުއަރީ 14، ގެ ނިޔަލަށް މަސްވެރިންނަށް ދޭންޖެހޭ ފައިސާ މިއަދު ދެނީ

26 ފެބުރުވަރީ 2024 - 18:38 0

މަސްވެރިންނަށް ސަރުކާރުން ދޭންޖެހޭ 298 މިލިއަން ރުފިޔާގެ ތެރެއިން ޖެނުއަރީ 14، ގެ ނިޔަލަށް ދޭންޖެހޭ ފައިސާ މިއަދު ހަލާސް ކުރާނެ ކަމަށް މިފްކޯއިން ބުނެފި އެވެ.

ޖެނުއަރީ 14، ގެ ނިޔަލަށް ދޭންޖެހޭ ފައިސާ މިއަދު ދޫކުރާނެ ކަމަށް ބުނި ނަމަވެސް އެއީ ކިހާ އަދަދެއް ކަމެއް މިފްކޯއިން ނުބުނެ އެވެ.

"މަސްވެރިންނަށް ދޫކުރަމުންގެންދާ ފައިސާގެ ތެރެއިން 14 ޖަނަވަރީ 2024ގެ ނިޔަލަށް ހުރި ބިލުތަކުގެ ފައިސާ މިއަދު ދައްކާ ނިންމާނެ،" މިފްކޯއިން ބުންޏެވެ. "މިކަމުގައި މަސްވެރިންގެ ފަރާތުން މިފްކޯއަށް ލިބޭ އެއްބާރުލެއްވުމަށް މިފްކޯގެ ސީއީއޯ އަދި މެނޭޖްމަންޓުގެ ފަރާތުން ޝުކުރުދަންނަވަން."

މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން 70 މިލިއަން ރުފިޔާ މިދިޔަ ހަފުތާގައި ސަރުކާރުން ވަނީ ދައްކައިފަ އެވެ. އެ ފައިސާ ދޫކުރީ މަސްވެރިން ތިން ދުވަހު މުޒާހަރާކޮށް ކޫއްޑޫގެ އޮޕަރޭޝަންތައް ހުއްޓުނު ފަހުންނެވެ.

މަސްވެރިންނަށް މިދިޔަ ހަފުތާގައި ފައިސާ ދޫކުރުމުގެ ކުރިން ޑިސެމްބަރު މަހުން ފެށިގެން އެއްވެސް ފައިސާއެއް ލިބިފައިނުވާ ކަމަށް މަސްވެރިން ބުނެ އެވެ.