Advertisement

ސަރުކާރުން މިހައިތަނަށް މަޖިލީހަށް ހުށަހެޅީ 8 ބިލެއް

26 ފެބުރުވަރީ 2024 - 14:36 0


ސަރުކާރުން މިހައިތަނަށް މަޖިލީހަށް ހުށަހެޅީ 8 ބިލެއް

26 ފެބުރުވަރީ 2024 - 14:36 0

ސަރުކާރުން ހުށަހަޅަން ހުރި ބިލުތަކުގެ ތެރެއިން މިހާތަނަށް އަށް ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕް ލީޑަރު ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވެއްޖެ އެވެ.

މަޖިލިސް ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ ކޮންމެ ދައުރެއް ފެށުމާ އެކީ ސަރުކާރުގެ ފަރާތުން އެ ދައުރަކަށް ހުށަހަޅަން ހުރި ބިލުތަކުގެ ލިސްޓެއް މަޖިލީހުގެ ރައީސަށް ފޮނުވަން ޖެހެ އެވެ. އެގޮތުން މި މަހުގެ 12 ވަނަ ދުވަހު ސަރުކާރުން މި ދައުރަށް ހުށަހަޅަންހުރި ބިލުތަކުގެ ލިސްޓެއް މަޖިލީހަށް ވަނީ ފޮނުވާފަ އެވެ. އެ ލިސްޓުގައި 24 ބިލެއް ހިމެނެ އެވެ.

ސިރާޖު މިއަދު ވިދާޅުވީ އޭގެ ތެރެއިން މިހާތަނަށް އަށް ބިލެއް ފޮނުވާފައިވާ ކަމަށެވެ. އެ ބިލުތަކަކީ:

  • ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލު
  • ދިވެހިރާއްޖޭގެ ބިމުގެ ބިލު
  • އާބަން ޕްލޭނިން އަދި އާބަން ޑިވެލޮޕްމަންޓްގެ ބިލު
  • ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު
  • ދަތުރު ރާވައި ހިންގުމުގެ ހިދުމަތް ދިނުމާބެހޭ ބިލު
  • ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލު
  • ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

ސަރުކާރުގެ ހަފްތާ 14އިގެ މަގުޗާޓުގައި ވާގޮތުން އިތުރު ފަސް ބިލެެއްވެސް ޑްރާފްޓުކޮށް މަޖިލީހަށް މިހާރު ވަނީ ފޮނުވާފަ އެވެ. އެ ބިލުތަކަކީ:

  • 'ލޭންޑް ރީއެޖެސްޓްމަންޓް'އާބެހޭ ބިލު
  • 'ފްރީހޯލްޑް' އަދި 'ލީސްހޯލްޑް' އުސޫލުން ބިން ހޯދާ ލިބިގަތުމާބެހޭ ބިލު
  • ޓްރެވަލް އެޖެންސީއާބެހޭ ބިލު
  • ކަފާލާތުގެ ފުރިހަމަ ނިޒާމެއް ގާއިމުކުރުމަށް ބޭނުންވާ ބިލު
  • ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު އިސްލާހުކުރުމުގެ ބިލު

މީގެ އިތުރުން ދެ ބިލެއް ޑްރާފްޓް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް ހަފްތާ 14އިގެ މަގުޗާޓުގައި ވަނީ ބުނެފަ އެވެ.

އެ ބިލުތަކަކީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ރެގިއުލޭޓުކުރުމަށް، ގެދޮރުވެރިކަމުގެ މިންގަނޑުތައް އެކުލެވޭ ބިލާއި ނަފްސާނީ ދުޅަހެޔޮކަމާބެހޭ ބިލެވެ.