Advertisement

ސިވިލް ރައިޓްސް އޮފީހަށް މިހައިތަނަށް ހުށަހެޅީ 39 ޝަކުވާ

26 ފެބުރުވަރީ 2024 - 13:57 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ބަންޑާރަ ނައިބު އަހުމަދު އުޝާމް : ސިވިލް ރައިޓްސް އޮފީހަށް މިހާތަނަށް ހުށަހަޅާފައިވަނީ 39 ޝަކުވާ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ސިވިލް ރައިޓްސް އޮފީހަށް މިހައިތަނަށް ހުށަހެޅީ 39 ޝަކުވާ

26 ފެބުރުވަރީ 2024 - 13:57 0

ރައްޔިތުންނަށް ލިބެންޖެހޭ މަދަނީ ހައްގުތައް ލިބިދެވޭކަން ކަށަވަރު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި އޮފީސް ފޯ ސިވިލް ރައިޓްސްއަށް މިހާތަނަށް ހުށަހެޅީ 39 ޝަކުވާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

އޮފީސް ފޯ ސިވިލް ރައިޓްސް އުފެއްދީ ރައީސް މުއިއްޒު ހުވާ ކުރެއްވި ދުވަހު ނޮވެމްބަރު 17، 2023 ގަ އެވެ. ބަންޑާރަ ނައިބުގެ އޮފީހުގެ ދަށުން ހިންގާ އެ އޮފީހަށް ޝަކުވާ ހުށަހެޅުމުގެ ނިޒާމެއް ގާއިމުކުރީ ނޮވެމްބަރު 23، 2023 ގަ އެވެ.

އެ އޮފީހުގެ މަސައްކަތްތަކުގެ އަދާހަމައެއް ހޯދަން ސުވާލުކުރުމުން އޭޖީ އޮފީހުގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މިހާތަނަށް ސިވިލް ރައިޓްސް އޮފީހަށް ހުށަހެޅީ 39 މައްސަލަ ކަމަށެވެ. އިތުރު ތަފުސީލެއް ނުދެ އެވެ.

ސަރުކާރުން ނޮވެމްބަރުގައި އެކުލަވައިލި ގައިޑްލައިނުގައިވާ ގޮތުން، މަދަނީ ހަައްގެއް ގެއްލިފައިވާ ކަމަށް އަމިއްލައަށް ފެނިއްޖެ ކޮންމެ މީހަކަށް އެ އޮފީހަށް ޝަކުވާ ހުށަހެޅޭނެ އެވެ. އަދި އަމިއްލައަށް އެކަން ކުރުމުގެ ގާބިލްކަން ނެތް ނަމަ ބަދަލުގައި އެހެން މީހަކަށް ވެސް ޝަކުވާ ހުށަހެޅިދާނެ އެވެ.

ޝަކުވާ ހުށަހަޅަންޖެހެނީ އެކަމަށް ހާއްސަކޮށްފައިވާ ފޯމެއް މެދުވެރިކޮށް ބަންޑާރަ ނައިބުގެ އޮފީހަށެވެ. ޝަކުވާތައް ބެލުމަށް ކަނޑައެޅި ގައިޑްލައިނުގައިވާ ގޮތުން ޖުމްލަ 30 ދުވަހުގެ ތެރޭގައި ކޮންމެ ޝަކުވާއެއް ވެސް ބަލައި ނިންމާ ޖަވާބެއް ދޭންޖެހެ އެވެ.

ސިވިލް ރައިޓްސް އޮފީހުގެ މަސްއޫލިއްޔަތަކީ މަދަނީ ހައްގުތައް ލިބޭކަން ކަށަވަރު ކުރުމާއި ހައްގުތައް ދިނުމުގައި ގެންގުޅޭ ތަފާތު ކުރުމުގެ މައްސަލަތައް ބެލުމާއި މަދަނީ ހައްގުތައް ހިފަހައްޓާ ކަމަށް ބުނާ މައްސަލަތައް ބެލުމެވެ.

އޭގެ އިތުރުން، ދައުލަތުގެ އިދާރާތަކުން ހިދުމަތް ދޭއިރު ރައްޔިތުންނަށް މަދަނީ ހައްގުތައް ލިބޭތޯ ކަށަވަރު ކުރުމަކީ ވެސް ސިވިލް ރައިޓްސް އޮފީހުގެ ޒިންމާއެކެވެ.