Advertisement

ފަރުކޮޅަށް ޕިކްނިކް ދިޔަ ބަޔަކު ސިއްސުވައިލި 10 ފޫޓުގެ ކިނބުލެއް ހިފައިފި

24 ފެބުރުވަރީ 2024 - 19:20 0

ފަރުކޮޅުން ހިފި ކިނބޫ: މިއީ މަހެއްހާ ދުވަސް ނުަވަނީސް ރާއްޖެއިން ފެނުނު ދެވަނަ ކިނބޫ -- ފޮޓޯ: ސޯޝަލް މީޑިއާ ވީޑިއޯ ސްކްރީންޝޮޓް


ފަރުކޮޅަށް ޕިކްނިކް ދިޔަ ބަޔަކު ސިއްސުވައިލި 10 ފޫޓުގެ ކިނބުލެއް ހިފައިފި

24 ފެބުރުވަރީ 2024 - 19:20 0

ށ. ފަރުކޮޅަށް ޕިކްނިކް ގޮސް އުޅުނު ބަޔަކަށް ފެނުނު ގާތްގަނޑަކަށް 10 ފޫޓުގެ ކިނބުލެއް ހިފައިފި އެވެެ.

ސޯޝަލް މީޑިއާގައިރި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަނީ ގަސްގަނޑެއްގެ ކައިރީގައި ބަޔަކު ގުދަށް ތިބެފައި، ކުއްލިއަކަށް ހަޅޭއް ލަވައިގަނެފައި ދުއްވައިގަންނަ މަންޒަރެވެ. ދެން ފެންނަނީ އެ ކިނބޫ އެތަނުން ނިކުމެގެން ބާރު ދުވެލީގައި ވިލު ތެރެއަށް ފީނައިގަންނަ ތަނެވެ.

މިކަމާ ގުޅޭ މައުލޫމާތު "އަދަދު" އާ ހިއްސާކުރަމުން ށ. ފުނަދޫ ކައުންސިލުގެ ރައީސް އަހުމަދު އިބްރާހިމް ފުޅު ވިދާޅުވީ ކިނބޫ ވިލު ތެރެއަށް ދެމިގަތީ ވެސް މަޅިޖަހައިގެން ހިފަން އުޅެނިކޮށް ކަމަށެވެ.

"[ޕިކްނިކް ދިޔަ މީހުންނާ] ފުލުހުން ފަހުން ގޮސް އޭތި ހިފީ" އޭނާ ވިދާޅުވި އެވެ.

މިހާރު އެ ކިނބޫ އޮތީ ފުނަދޫގަައި، ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. އާންމުކޮށް މިހެން އަތުލައިގަންނަ ޖަނަވާރުތަކާ ހަވާލުވަނީ ސިފައިންނެވެ.

ކިނބުލަކީ ރާއްޖޭގައި އާއްމުކޮށް އުޅޭ ބާވަތެއް ކަމަށް ނުވިޔަސް، އޮއިވަރުގައި ޖެހިގެން ދޭތެރެދޭތެރެއިން ރާއްޖެއިން ފެނެ އެވެ. މިފަހުން ކަނޑިންމަ ރިސޯޓު ކައިރިން ވެސް 9 ފޫޓުގެ ކިނބުލެއް ހިފާފައިވެ އެވެ.