Advertisement

މާފުށީގައި ގެނބިގެން މީހަކު މަރުވެއްޖެ

22 ފެބުރުވަރީ 2024 - 13:37 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ކ.މާފުށި


މާފުށީގައި ގެނބިގެން މީހަކު މަރުވެއްޖެ

22 ފެބުރުވަރީ 2024 - 13:37 0

ކ. މާފުށީގައި ގެނބުނު މީހަކަށް ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ އެވެ.

ފުލުހުން ބުނީ މާފުށި އެކްޓިވް ވޯޓާ ސްޕޯޓްސް ސަރަހައްދު ކައިރީ ނެރުމަތީގައި މީހަކު ގެނބިފައި އޮތް ކަމުގެ މައުލޫމާތު މިއަދު 10:25 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އެމީހާއަށް ފަރުވާ ދިނުމަށް މާފުށީ ހެލްތު ސެންޓަރަށް ގޮސް ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުގެ ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ވަނީ ބުނެފަ އެވެ.

މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނައިރު، މަރުވެފައިވާ މީހާގެ ވަނަވަރު މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

މާފުއްޓަކީ ޗުއްޓީ ހޭދަ ކޮށްލުމަށް ގިނަ ދިވެހިން އަދި ފަތުރުވެރިން ޒިޔާރަތް ކުރާ ރަށެކެވެ.