Advertisement

ބީއެމްއެލްއިން ކ.ގުޅި އަދި ވ.ކެޔޮދޫގައި އޭޓީއެމްގެ ހިދުމަތް ފަށައިފި

22 ފެބުރުވަރީ 2024 - 12:31 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ބީއެމްއެލްގެ އޭޓީއެމް ގުޅި އަދި ކެޔޮދޫގައި ހުޅުވުން -- ފޮޓޯ: ބީއެމްއެލް


ބީއެމްއެލްއިން ކ.ގުޅި އަދި ވ.ކެޔޮދޫގައި އޭޓީއެމްގެ ހިދުމަތް ފަށައިފި

22 ފެބުރުވަރީ 2024 - 12:31 0

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކ. ގުޅި އަދި ވ. ކެޔޮދޫގައި ސެލްފް ސާވިސް ބޭންކިން (އޭޓީއެމް) ހުޅުވައި މިއަދު ހިދުމަތްދޭން ފަށްޓައިފި އެވެ.

ބީއެމްއެލް އިން ބުނީ، މި ހިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

މި ފެށުނު އޭޓީއެމް ހިދުމަތާއެކު މާލޭ ސިޓީގައި ގާއިމްކުރެވިފައިވާ ބޭންކިން ހިދުމަތްތަކުގެ އިތުރުން މިވަގުތު ކ. އަތޮޅުގައި ދެ ބްރާންޗެއް މެދުވެރިކޮށް ދަނީ ބޭންކިންގެ ހިދުމަތް ފޯރުކޮށްދެމުންނެވެ. އަދި ކ. އަތޮޅުގެ ފަސް ރަށެއްގައި އޭޓީއެމް ސެންޓަރުތައް ގާއިމްކުރެވިފައިވާ ކަމަށާއި، މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމްކޮށްފައިވާ ކޭޝް އޭޖެންޓް މެދުވެރިކޮށް ވެސް ހިދުމަތް ދެމުންގެންދާ ކަމަށެވެ.


މީގެ އިތުރުން ވ. ފެލިދޫގައި ބްރާންޗު މެދުވެރިކޮށް ހިދުމަތް ދެމުންދާއިރު، ވ. އަތޮޅުގެ ދެ ރަށެއްގައި އޭޓީއެމް ސެންޓަރުތައް ގާއިމުކޮށްފި އެވެ. އަދި އެ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކުގައި ކޭޝް އެޖެންޓުން މެދުވެރިކޮށް ބޭންކުގެ ބައެއް ހިދުމަތްތައް ފޯރުކޮށްދެ އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 83 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 138 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން ދަނީ ހިދުމަތް ދެމުނެވެ.

އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ރަށްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެ އެވެ.