Advertisement

މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގެ އޭޕްރީލް އިންޓޭކަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

22 ފެބުރުވަރީ 2024 - 23:13 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު


މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގެ އޭޕްރީލް އިންޓޭކަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

22 ފެބުރުވަރީ 2024 - 23:13 0

ރާއްޖޭގައި ޕައިލެޓުން ތަމްރީނު ކުރުމަށް އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސްއެލް) އިން ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ހިންގަމުން އަންނަ މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީން މި އަހަރުގެ އޭޕްރީލް އިންޓޭކަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީގެ ޕްރޮގްރާމުގައި ހިމެނެނީ ކޮމާޝަލް ޕައިލެޓް ލައިސަންސް ވިތް މަލްޓި އިންޖިން ޕިސްޓަން ރޭޓިންގް އާއި އޭޓީޕީއެލް ތިއަރީ އަދި ސިންގަލް އަދި މަލްޓި އިންޖީން އިންސްޓްރޫމަންޓް ރޭޓިންގެ ޓްރޭނިންއެވެ.

ކޯހަށް ވަނުމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 17 އަހަރު ފުރިފައިވުމާއެކު އޯލެވެލް ނުވަތަ އެއާ އެއް ފެންވަރުގެ ކޯހަކުން، އިނގިރޭސި، ފިޒިކްސް އަދި ހިސާބުން ފާސްވެފައިވުން ހިމެނެ އެވެ. އަދި ކްލާސް އެކެއްގެ މެޑިކަލްއެއް އޮންނަން ޖެހެ އެެވެ.

މޯލްޑިވިއަން ފްލައިން އެކަޑަމީގެ އޭޕްރީލް އިންޓޭކާއި ގުޅޭ މައުލޫމާތު ----


ކޯހުގެ ފީގެ ގޮތުގައި ދައްކަންޖެހެނީ 63،000 ޑޮލަރު (971,460ރ) އެވެ. ކޯސް ފީ ދެއްކުމަށް ލުއި ދިނުމުގެ ގޮތުން ހަތަރު އިންސްޓޯލްމަންޓަށް ބަހައިގެން ދެއްކޭނެ ގޮތް އެކަޑަމީން ވަނީ ހަަމަޖައްސައިފަ އެވެ.

މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީގެ އޭޕްރީލް އިންޓޭކަށް އެދި ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ އަންނަ މާޗް 30، 2024 ގެ ނިޔަލަށެވެ. ކޯހަށް ވަންނަން ބޭނުންވާ ފަރާތްތަކުން [email protected] އަށް މެއިލްކޮށްލައިގެން އެޑްމިޝަން އާއި ގުޅޭ އިތުރު މައުލޫމާތު ހޯދޭނެ އެވެ.

އޭގެ އިތުރުން އެ ކޯހުގައި ބައިވެރިވާން ޝައުގުވެރިވާ ކުދިންނަށް ހާއްސަ އިންފޮމޭޝަން ސެޝަންތަކެއް ވެސް ކުުރިއަށްގެންދަން މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީން ވަނީ ރާވާފަ އެވެ. އެގޮތުން ބާއްވާ ފުރަތަމަ އިންފޮމޭޝަން ސެޝަން އޮންނާނީ ފެބްރުއަރީ 23، ވާ ދުވަހުގެ ހަވީރު 3:00 އިން 6:00 އަށް އައްޑޫ ހައި ސްކޫލް ހޯލުގަ އެވެ.

މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީ އަކީ ރާއްޖޭގައި ދިވެހި ކުންފުންޏަކުން ގާއިމުކޮށްގެން ހިންގާ ފުރަތަމަ ފްލައިން ސުކޫލެވެ. އެ އެކަޑަމީ ހިންގަމުންދާނީ ރާއްޖޭގެ ސިވިލް އެވިއޭޝަން އާއި ޔޫރަޕިއަން އެވިއޭޝަން ސޭފްޓީ އެޖެންސީގެ ސްޓޭންޑާޑުތަކާ އެއްގޮތަށެވެ.