Advertisement

އުރީދޫގެ އަހަރީ އާންމު ޖަލްސާ އަންނަ މަހު ބާއްވަނީ

22 ފެބުރުވަރީ 2024 - 12:43 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އުރީދޫ ހެޑް އޮފީސް: -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


އުރީދޫގެ އަހަރީ އާންމު ޖަލްސާ އަންނަ މަހު ބާއްވަނީ

22 ފެބުރުވަރީ 2024 - 12:43 0

މުވާސަލާތީ ހިދުމަތް ފޯރުކޮށްދޭ ޕަބްލިކް ކުންފުނި އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ މާޗު 7، ގައި ބޭއްވުމަށް ނިންމައިފި އެވެ.

އުރީދޫ އިން ބުނީ އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މާޗު 7، ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 08:30 ގައި ކަމަށެވެ.

އުރީދޫގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ރަޖިސްޓާވާ ފަރާތްތަކަށް އޮންލައިންކޮށް ނުވަތަ ޖަލްސާ ބާއްވާ ތަންކަމުގައިވާ، ހުޅުމާލެ ސެންޓްރަލް ޕާކަށް ހާޒިރުވެގެން ބައިވެރިވެވޭނެ ކަމަށް ވެސް އުރީދޫ އިން ބުންޏެވެ.

ސެންޓްރަލް ޕާކަށް ހާޒިރުވެ، ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ 200 ހިއްސާދާރުންނަށް ކަމަށާއި، އޮންލައިންކޮށް ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް "ފަހިވޯޓު" މެދުވެރިކޮށް ޖަލްސާގައި ބައިވެރިވުމުގެ އިންތިޒާމުތައް ހަމަޖައްސާނެ އެވެ.

އުރީދޫ އިން ބުނީ ސެންޓްރަލް ޕާކަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވާ ފަރާތްތަކާއި، އޮންލައިންކޮށް ބައިވެރިވާ ފަރާތްތަކަށް އެ މައުލޫމާތު މާޗު 6، ވާ ބުދަ ދުވަހުގެ ހަވީރު 06:00 ގެ ކުރިން، އަންގާނެ ކަމަށެވެ.

"ޖަލްސާގައި އޮންލައިންކޮށް ބައިވެރިވެވޭނީ މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްއެސްޑީ) ގެ އޮންލައިން ޖެނެރަލް މީޓިންގް މެނޭޖްމަންޓް ސިސްޓަމް ކަމުގައިވާ "ފަހިވޯޓު" މެދުވެރިކޮށް" އުރީދޫ އިން ބުނެ އެވެ.

މި އަހަރު ބާއްވާ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ މާޗު، 5 ގައިވާ އަންގާރަ ދުވަހުގެ ރޭގަނޑު 8:30 އާ ހަމައަށްކަން ފާހަގަކޮށް އުރީދޫ އިން ބުނީ ޖަލްސާގައި ބައިވެރިވުމަށް އެދި ރަޖިސްޓާ ކުރާ ފަރާތްތަކަށް އެކަނި ކަމަށެވެ.

އުރީދޫއަކީ ގަތަރުގެ ވަތަނިއްޔާ އިންޓަނޭޝަނަލްއިން މެޖޯރިޓީ ހިއްސާވާ ކުންފުންޏެކެވެ. ރާއްޖޭގެ ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ މި ކުންފުނީގައި ދެން ހިއްސާވަނީ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި އާންމު ހިއްސާދާރުންނެވެ.